މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ.
މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ.
އަޝްހަމް ހޯދި މި ބޮޑު ޝަރަފާއި، ކާމިޔާބާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ވަނީ އަޝްހަމަށާއި، އަޝްހަމްގެ ޢާއިލާއަށް މަރުޙަބާ ކިޔާފައެވެ.
''މާޝާالله. ތިހޯދި މަތިވެރި ކާމިޔާބީއަށް އަޝްހަމް އަދި ބެލެނިވެރިންނަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވަމުން، އަދި އަޝްހަމްގެ މި ކާމިޔާބީއަށް ވާސިލުވުމަށް އެހީތެރިވެދެއްވި ފަރާތްތައް ޝާމިލްކޮށް އެފަރާތްތަކަށް މަރުހަބާ އާއި ޝުކުދަންނަވަން. އަދި މިފުރުޞަތުގައި އަޝްހަމް ގެ ތެރަޕީ ސެޝަންތައް ސްޕޮންސަރ ކޮށްދެއްވާ ސައޫދީ އެމްބަސީއަށް ވަކިން ޚާއްސަ ޝުކުރެއް ދަންނަވަން.''- އެ އެސޯސިއޭޝަންއިން ބުނެފަ ވެއެވެ.
އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!