އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބަކީ، ގައުމު މިއޮތް ނުރައްކާތެރި ފައްތަރުން އަރައި ގަންނަން ލިބޭ ފަހު ފުރުޞަތުކަމަށް މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލެ (ޔޫތުސިޓީ) އަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ޑރ.މުޢިއްޒު ވިދާޅުވީ، މިއަދު ދިވެހިން މިތިބީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. މިއަދު ލީކްވި، ''އުތުރު ތިލަފަޅު'' އިންޑިއާއަށް ދިންގޮތުގެ އެއްބަސްވުން ކަމަށް ބުނާ އެއްބަސް ވުމަށް އިޝާރާތް މުއިއްޒު ވިދާޅުވީ މިއަދުގެ ޚަބަރުތަކުން ވެސް އިވިގެން ދަނީ ބިރުވެރި ޚަބަރުތަކެއް ކަމަށެވެ.

''މާލެ ކައިރީގައިވާ ފަޅެއް އެތަނާމެދު ހެދިގެންދިޔަ އެއްބަސްވުންތަކުގައިވާ ތަފްސީލްތައް ހާމަނުކޮށް، އެކަމާ ތަކުރާރުކޮށް ރައްޔިތުން ސުވާލުތައް ކުރަމުން ދިޔައިރު ވެސް އެކަން ރައްޔިތުންނަށް ވަންހަނާކޮށްފައި އޮއްވައި، މައުލޫމާތު މިލިބޭ ގޮތުގައި ކަމަކު ދާކަށެއްނެތް، ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބުގައި ގައުމުގެ ކަންކަން މިއޮތީ، މިހެން އޮއްވާ، އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ވިސްނުމުގައި ތިބި ބަޔަކަށް ރައްޔިތުންގެ ވޯޓު މިފަހަރު ނުދީފިނަމަ ދެން އަޅުގަނޑު ހިތުން ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލަކަށް ވާންވާނީ މި ޤައުމު ފެންނާނެ ބާވައޭ؟ ޤައުމިއްޔަތު މި ޤައުމުގައި އޮންނާނެ ބާވައޭ؟ އަޅުގަނޑުމެންގެ އަބުތޯލުން ވޭތުވިތަނުގައި ކުރި ޖިހާދުތައް އެއީ އެއީ ބޭކާރު އެއްޗަކަށްތޯ އަޅުގަނޑުމެން އަމިއްލަ އަތުން ހަދާނީ؟'' ޑރ. މުއިއްޒު ވިދާޅުވިއެވެ.

''އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އަޅުގަނޑުމެންގެ އަތަށް އަންނަނީ ހަމައެކަނި ކަރުދާސްކޮޅެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ގައުމިއްޔަތު ސަލާމަތްކުރުމަށް ގައުމީ ވާޖިބު އަދާކުރަން ލިބޭ ފަހުފުރުސަތު، އެއީ ހަމައެކަނި ކަރުދާސް ކޮޅެއް ނޫން، އޭގަ ޖަހަން ލިބެނީ ފާހަގައަކަށް ވެދާނެ، އެކަމަކު އޭގާ ޖަހާ ފަހަގައަކީ އަޅުގަނޑުމެން ނިންމަނީ އަޅުގަނޑުމެންގެ ދީނާއި އިސްލާމް ދީން ސަލާމަތްކޮށް އަޅުގަނޑުމެން އަތްމަތީ ބާއްވާނީތޯ ނޫންތޯ'' ޑރ.މުއިއްޒު އިތުރަށް ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ، ރުކަށް ވޯޓުލާން ނުކުމެ ތިބި އެންމެން ވެސް ތިބީ އެއް އަޒުމެއްގައި ގައުމާއި ދީން ސަލާމަތް ކުރަންކަމަށެވެ.

އަޒުމަކީ އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައި ރައްޔިތުންގެ އުދާސްތަކަށް ހައްލެއް ހޯދައި ދިނުންކަމަށާއި، އެކަން ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް ވެސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރުގެ މަގާމްވެސް ފުރުއްވި، ޑރ. މުއިއްޒަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ވަރަށް ފުންނާބު އުސް ބޭޅެކެވެ.