ހިންނަވަރުން ނިޔާވެގެން ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެއްޖެ
ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލްއަށް ނިޔާވެގެން ގެންދިޔަ މީހެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ޅ. ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ މައްޔިތާގެ ސާމްޕަލް ކޯވިޑް 19 ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހިންނަވަރުން، ޅ. އަތޮޅު ހޮސްޕިޓަލްއަށް ގެންދިޔަ ނިޔާވެފައިވާ މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، ހިންނަވަރުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވް ކޭހެއް ފެނިފައެވެ. ހިންނަވަރުން ސިއްހީ މަރުކަޒުން ހާމ...