ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލްއަށް ނިޔާވެގެން ގެންދިޔަ މީހެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ޅ. ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ މައްޔިތާގެ ސާމްޕަލް ކޯވިޑް 19 ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

ހިންނަވަރުން، ޅ. އަތޮޅު ހޮސްޕިޓަލްއަށް ގެންދިޔަ ނިޔާވެފައިވާ މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، ހިންނަވަރުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވް ކޭހެއް ފެނިފައެވެ. ހިންނަވަރުން ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު، 24 ވަނަ ދުވަހުން ފެށިގެން ރެޔާއި ހަމައަށް އެ ރަށުން ވަނީ ކޯވިޑްއަށް ޓެސްޓް ކުރުމަށް 126 މީހެއްގެ ސާމްޕަލް ނެގިފައެވެ. އޭގެ ތެރޭގައި އަދި ނަތީޖާ ނުލިބޭ ސާމްޕަލްތައް އެބަހުއްޓެވެ.

ނައިފަރުން ވެސް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް 14 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އަދި ފެލިވަރުން 66 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ.

ރާއްޖޭގެ އަތޮޅުތަކުން ކަންބޮޑުވާންޖެހޭ މިންވަރަށް ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު، ފެށުނީއްސުރެ އެންމެ ހާލަތު ގޯސްކޮށްއޮތް ވެރިރަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ވެހިކަލް ދުއްވުން މަނާގަޑި އުވާލައި، ޕާކްތައް ހުޅުވާލައި، ކެފޭ، ރެސްޓޯރެންޓްތަކާއި އަދި ފިހާރަތައް ހުޅުވާފައި ބަހައްޓާގަޑި ވެސް ވަނީ ދަންމާލާފައެވެ. މާލޭއިން ޕޮޒިޓިވްވާ ރޭޓް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިއިރު، އަންނަ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްތައް ވެސް ވަނީ ހުޅުވާލަން ނިންމާފަ އެވެ.