ދިވެހިރާއްޖޭގައި ހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ފަށާނީ އަންނަ މަހުގެ 26 ވަނަ ދުވަހުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ބަދަލު ގެނެސްފައި ވާޖަމަށެވެ.

Ad
rt

އެހެންކަމުން މިހާރު މި އިމްތިހާނު ފެށުމަށް ހަމަޖެހިފައިވަނީ 26 އެޕްރީލް 2021 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.

''މި ބަދަލު ގެނެވިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި މަޝްވަރާ ކުރުމެއް ނެތިއެވެ. އަދި މިތާރީޚު ބަދަލުކުރެވޭތޯ އެޑެކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމުގައި ދަންނަވަމެވެ." އެޑިޔުކޭޝަންއިން ބުނެފަ ވެއެވެ.

އެ މިނިސްޓްރީއިން ބުނީ، މިބަދަލާގުޅިގެން އެޗް.އެސް.ސީ އިމްތިހާނު ދެން ބާއްވާނީ އޭ.ލެވެލް އަދި އޭ.އެސްލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ކަމަށެވެ.