މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,860 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 884 ވަނަ ޞަފްޙާ

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […]

ޖަލްވާން ޖާދުﷲ
މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިއްޖެ

މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިއްޖެ

”އޮފް ޑިއުޓީގައި” މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސައިން ފާރިޝް ގެއްލިފައިވާ ކަމަށެވެ. އެ ހަތަރު ސިފައިން ވެސް މޫދަށް ގޮސްފައި ވަނީ ”އޮފް ޑިއުޓީ”ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ގެއްލުނު ލާސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް...

ޔުމްނާ ޢަލީ
ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއް

ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ހިލޭ ކިޔަވައިދޭ ކޯހެކެވެ. މި ކޯހުގެ ޖާގައިގެ ޢަދަދަކީ 60 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ. މި ކޯހުގައި ދެވޭ 60 ޖާގައަކީ، އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ އަދި އޮންލައިންކޮށް ކިޔެވުމަށް 30 […]

ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ- ރައީސް

ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ- ރައީސް

ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ “ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިގޮތަށް މިފަދަ ބަދަލެއް ގެނެވިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ...

ޔުމްނާ ޢަލީ
ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި

ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން އީސީއިން ވަނީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކެންޑިޑޭޓުން ނުވަތަ ކެންޑިދ...

ޝިއުނާ އާދަމް
ޕާކިސްތާނުގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރައީސް ޞާލިޙްގެ މެސެޖެއް

ޕާކިސްތާނުގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރައީސް ޞާލިޙްގެ މެސެޖެއް

ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ޕާކިސްތާނުގެ ރައީސްއަށް ރައީސް ޞާލިޙް ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޕާކިސްތާންގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ”ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއ...

ޝިއުނާ އާދަމް
ޤާނޫނަށް ގެނެވުނު ބަދަލުން އަތޮޅުތަކުގެ ފުލުހުންނަށް ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ މަގު ފަހިވާނެ: ރައީސް

ޤާނޫނަށް ގެނެވުނު ބަދަލުން އަތޮޅުތަކުގެ ފުލުހުންނަށް ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ މަގު ފަހިވާނެ: ރައީސް

ފުލުހުންގެ ޤާނޫނަށް މިގެނެވިފައިވާ ބަދަލާއި ގުޅިގެން އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ، ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ބައްދަލުކުރީ، އަލަށް އެކުލަވައިލި “ދިވެހި...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކާއި އާންމުތަންތަން އަލިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭނެޖެހޭ: ޑރ. މުޢިއްޒު

މާލޭގެ މަގުތަކާއި އާންމުތަންތަން އަލިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭނެޖެހޭ: ޑރ. މުޢިއްޒު

މާލޭ ސިޓީގެ މަގުތަކާއި އާންމުތަންތަން ދިއްލައި، އަލިކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާލޭ ސިޓީގެ އިއްޒުއްދީންމަގު، އަމީނީ މަގު ދެކުނަށް، މަގުބައްތިތައް ނުދިއްލޭތާ 3 ދުވަސްވެފައިވާކަން ފާހަގަކުރަށްވަމުން، އެކަމުގެ ކަންބޮޑުވުން ފ...

އަލީ އާދިލް
ރާއްޖެއާއި ލެސޯތޯ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ރާއްޖެއާއި ލެސޯތޯ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައެވެ. މި ރަސްމިއްޔާތުގައި ދެޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އ...

ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ނެރެފި!

މޫސުން ގޯސްވާނެ، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ނެރެފި!

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ރ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން މިސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭގެ 21:15 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […]

ޖަލްވާން ޖާދުﷲ
ފިނޮޅަކުން ވެލިނަގަން ގޮސްތިއްބާ ހާލުގައި ޖެހުނު 3 ބިދޭސީއަކު ސަލާމަތްކޮށްފި

ފިނޮޅަކުން ވެލިނަގަން ގޮސްތިއްބާ ހާލުގައި ޖެހުނު 3 ބިދޭސީއަކު ސަލާމަތްކޮށްފި

ފިނޮޅަކުން ވެލިނަގަން ގޮސްތިއްބާ މޫސުން ގޯސްވެ، ހާލުގައި ޖެހުނު 3 ބިދޭސީއަކު އެމްއެންޑީއެފް އިން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ޅ. ހުރަވަޅި ކައިރީ އޮންނަ ފިނޮޅަކަށް ވެލިނަގަން ގޮސްތިއްބާ، މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު 3 ބިދޭސީއަކު ސަލާމަތްކޮށް ދީފައިވާ ކަމަށެވެ. މި މީހުން ހާލުގައި ޖެހިފައިތިއްބާ ފެނިފައިވަނީ އެމްއެންޑީއެފްގެ ފަޔަރ ޓީމް ޅ. ހިންނަވަރަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި 14:20 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސ...

ޝިއުނާ އާދަމް
އިންޑިއާއިން ގަނެގެން 1 ލައްކަ ޑޯޒު ކޯވިޑް ވެކްސިކް ގެނެސްފި

އިންޑިއާއިން ގަނެގެން 1 ލައްކަ ޑޯޒު ކޯވިޑް ވެކްސިކް ގެނެސްފި

ދިވެހި ސަރުކާރާއި، ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއިން ގަންނަން އެއްބަސް ވެފައިވާ 2 ޑޯޒު ލައްކަ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 1 ލައްްކަ ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ. ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު މި އެއްބަސްވުން ގާއިމުކޮށްފައި […]

ޖަލްވާން ޖާދުﷲ
ސައުދީން މިއަހަރުވެސް ކަދުރު ހަދިޔާ ކޮށްފި

ސައުދީން މިއަހަރުވެސް ކަދުރު ހަދިޔާ ކޮށްފި

ކުރީއަހަރުތަކުގައިވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރަމުންއަންނަ ބީދައިން، މިއަހަރު ވެސް ސަޢުދީ އަރަބިއްޔާ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހަށް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރައްވައިފި ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް މިއަހަރު ސައޫދީ ސަރުކާރުން ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ. 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސ...

ޝިއުނާ އާދަމް
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޕީޖީގެ ބަޔާނެއް، ނިންމުން މުރާޖައާ ކުރަނީ!

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޕީޖީގެ ބަޔާނެއް، ނިންމުން މުރާޖައާ ކުރަނީ!

ވެންޓިލޭޓަރު މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެކަމާއި ގުޅިގެން، ޕްރޮސިކި...

އަލީ އާދިލް
ޑީސީޕީގެ މަޤާމަށް ޢަލީ ރަޝީދު އައްޔަނުކޮށްފި

ޑީސީޕީގެ މަޤާމަށް ޢަލީ ރަޝީދު އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ)ގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 2549، ޢަލީ ރަޝީދު، އައްޔަން ކުރައްވައިފި އެވެ. ކުރިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ)ގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު، ޑީސީޕީއަކަށް އައްޔަނު ކުރަށްވާފައި ވަނީ 25 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުއެވެ. އަލީ ރަޝީދު ވަނީ އޭސީޕީގެ މަގާމުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ފުލުހުންގެ މުއައްސަސާއަށް 25 އަހަރު […]

ޖަލްވާން ޖާދުﷲ