މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 864 ވަނަ ޞަފްޙާ

ކައުންސިލަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 27 އަށް

ކައުންސިލަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 27 އަށް

ކައުންސިލަރުންގެ މާލީ ބަޔާން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކަށް ހުށަހެޅުމަށް އަންގައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލަށް ހިންގުމުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސުން އަދި ކައުންސިލަށް އިންތިހާބުވި މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން މިހާރުވަނީ އަންގާފަ އެވެ. އެލްޖީއޭގެ އިއުލާންގައިވާ ގޮތުން، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިހާބުވުމާއެ...

އައިޝަތު އިލްމާ އަދުނާން
ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ

ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ

ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޔަސް” އެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މި ތޫފާނު ދަތުރުކުރަމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ. “މި ތޫފާނުގެ ސީދާ އަސަރު އަސަރު ރާއްޖެއަށް ނުކުރާނެ. ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް 2 ދުވަހުވެސް ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ،” […]

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 5އަށް އަރައިފި

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 5އަށް އަރައިފި

ރާއްޖެއިން ނުރައްކާތެރި ކޯވިޑް-19 ބަލީގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ދެ ދިވެހިންނެވެ. އެއީ 93 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ. މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 5 އަށް އެރީއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދެއްވާ ގޮތުގައި ނިޔާވި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ […]

ޖަލްވާން ޖާދުﷲ
ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ

ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ

ށ. އަތޮޅު ކަނޑިތީމުން އިތުރު 9 މީހަކު އަދި އެ އަތޮޅު މިލަންދޫއިން އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރެއްވި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން އިތުރު 9 މީހަށް މިބަލިޖެހުނުއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ. ނަގާފައިވާ ސާމްޕަލުތަކުން ނަތީޖާ ނުލިބި ވަނީ ދެ ސާމްޕަލެކެވެ. އެރަށުން މިހާތަނަށް 794 ސާމްޕަލެއް […]

ޝިއުނާ އާދަމް
އިތުރު 3 މީހަކު ނިޔާވެ، ރާއްޖޭގެ އަދަދު 132އަށް

އިތުރު 3 މީހަކު ނިޔާވެ، ރާއްޖޭގެ އަދަދު 132އަށް

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 81 އަހަރުގެ މީހަކާއި، 77 އަހަރުގެ މީހަކާއި އަދި 58 އަހަރުގެ މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވި އުމުރުން 81 އަހަރުގެ މީހަކީ ރޭ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދެވުނު މީހެއް ކަމަށެވެ. އޭނާ ނިޔާވީ މެންދަމުން އަނބުރާ 2:02 ގައެވެ. ނިޔާވި 77 އަހަރުގެ މީހާ ނިޔާވީ ރޭ 3:18ގައި ހުޅުމާލޭ ކޯވިޑް […]

ޙުސައިން ޝަހުދީ
ކޮވިޑް ބަލީގައި އިތުރު 3 މީހަކު ނިޔާވެ އަދަދު 129 އަށް

ކޮވިޑް ބަލީގައި އިތުރު 3 މީހަކު ނިޔާވެ އަދަދު 129 އަށް

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު 3 ދިވެއްސަކު ނިޔާވެއްޖެ މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 129 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި މއިަދު އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި، 68 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނެއް ކަމަށެވެ. މިއެންމެންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ފަރާތްތަކެވެ. އުމުރުން 79 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ މިއަދު އިރުއޮއްސި 6:40 ގައެވެ. އަދި […]

އަލީ އާދިލް
ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާން ނުކޮށް އޮތުމަކީ، ބޮންގޮއްވި ބޮޑުންނަށް ލިބުނު ފުރުސަތެއް: ވައްޑޭ

ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާން ނުކޮށް އޮތުމަކީ، ބޮންގޮއްވި ބޮޑުންނަށް ލިބުނު ފުރުސަތެއް: ވައްޑޭ

ކުއްލިނުރައްކަލުގެ ހާލަތު ހިންގުމުގެ ބާރުގެ ބޭނުން ނުހިފައިއޮތުމަކީ، ބޮންގޮއްވުމުގެ އަޑީގައިތިބި މީހުންނަށް ލިބުނު ފުރުސަތެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ވައްޑޭ ވިދާޅުވީ، ސަލާމަތީބާރުތަކަށް ފާހަގަކުރެވިފައިވާކަމަށް ބުނާ، މީހުން މެރުމަށް ފަސްނުޖެހޭ ހަރުކަށިފަރާތްތަކުން އެމީހުންގެ ކަންކަން ފޮރުވުމަށް ވަގުތު ދެވިގެން ނުވާނެ ކަމަށެވެ. އެ މީހުންނަށް އެ ފުރުސަތު ލިބުނަ ނުދިނުމަށް ކުއްލިނުރައްކާ ހ...

އަލީ އާދިލް
ހުޅުމާލޭ ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން ގުޅި: ޝިޔާމް

ހުޅުމާލޭ ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން ގުޅި: ޝިޔާމް

ހުޅުމާލޭ ކޯވިޑް ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން މިއަދު ފޯނުކުރި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ހުޅުމާލޭ ކޯވިޑް ފެސިޓީއަށް ޕެނަޑޯލް ކާޑެއް ފޮނުވައި ދިނުމަށް އެދި ގުޅީ އޭނާގެ ރަށްޓެއްސެއްކަމަށެވެ. ކޯވިޑަށް ފަރުވާ ހޯދަން އެ ފެސިލިޓީގައި އެޑްމިޓްކޮަށްފައި އޮތް ޝިޔާމްގެ ރައްޓެހި މީހާ ގުޅީ އޭނާގެ އަނބިކަނބަލުންނަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “‏ހުޅުމާލެ ކޯވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް […]

އަލީ އާދިލް
އިސްމާޢީލް ފަތުޙީ ކޯވިޑް ބަލީގައި އަވާހާރަވެއްޖެ

އިސްމާޢީލް ފަތުޙީ ކޯވިޑް ބަލީގައި އަވާހާރަވެއްޖެ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ ކޯވިޑް-19 ބަލީގައި އަވާހާރަވެއްޖެއެވެ. ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނަރަލްކަން ކުރައްވާފައިވާ، ޢުމުރުން 80 އަހަރުގެ އިސްމާޢީލް ފަތުޙީ އަވަހާރަވީ، ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 17ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 17:40 ގައެވެ. އިސްމާޢީލް ފަތުޙީއަކީ ރާއްޖޭގެ އޮޑިޓަރ ޖަނަރަލްގެ މަޤާމުގެ އިތުރުން މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްމާޢީލް ފަތުޙީވަނީ ފ...

ތިލަދުން
އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ނުދެކެން: ޝަމީމް

އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ނުދެކެން: ޝަމީމް

އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާކުރައްވައި އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅޭ ހަބަރެއް ހިއްސާކުރައްވާ ކުރެއްވ...

އަލީ އާދިލް
ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފުރަބަންދަކަށް ނުގޮސް މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. “ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ...

ޙުސައިން ޝަހުދީ
އަނެއްކާވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފި

އަނެއްކާވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިއީ މިސަރަހައްދު ތަކަށް މިއަދު ހުދު ސަމާލު ނެރުނު ދެވަނަ ފަހަރެވެ. ފުރަތަމަ ނެރުނު ސަމާލުގެ ވަގުތު ހަމަވީ ހެނދުނު 9:30 އަށެވެ. މިފަހަރުގެ ސަމާލުގެ ވަގުތަކީ މެންދުރު 13:45 އިން ހަވީރު 17:45 އަށެވެ. މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ކަނޑު ގަދަވެ، ގަޑިއަކު 19 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ […]

ޔުމްނާ ޢަލީ
ވައި ގަދަވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް

ވައި ގަދަވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދޭކަމަށާއި، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދޭކަމަށެވެ. ހުޅަނގު މޫސުގެ ދުވަސްވަރު ކަމަށް ވުމުން ކުރިއަށް އޮތް 4 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ. ހާއްސަކޮށް ރާއްޖޭގެ އިތުރާ...

ޝިއުނާ އާދަމް
ހަމަލާގެ ތަހުގީގު ހިންގަނީ އިންތިޒާމުވެތިބެ، ބޭރުގެ މާހިރުންގެ ލަފަޔާއިއެކު: ސީޕީ

ހަމަލާގެ ތަހުގީގު ހިންގަނީ އިންތިޒާމުވެތިބެ، ބޭރުގެ މާހިރުންގެ ލަފަޔާއިއެކު: ސީޕީ

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު، ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފަޔާއި އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ. މިފަދަ މ...

އަލީ އާދިލް
ދުވަސް ފެށުނީ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވި ޚަބަރުން!

ދުވަސް ފެށުނީ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވި ޚަބަރުން!

ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސެކެވެ. އޭނާ ނިޔާވީ ހެނދުނު 8:07 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 124 އަށް އެރީއެވެ. މިބަލީގައި ރޭ ވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ. އަދި އިއްޔެ ހަވީރު އުމުރުން […]

ޝިއުނާ އާދަމް