ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.
މި ތޫފާނަށް ދީފައިވާ ނަމަކީ "ޔަސް" އެވެ.
އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މި ތޫފާނު ދަތުރުކުރަމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ.
"މި ތޫފާނުގެ ސީދާ އަސަރު އަސަރު ރާއްޖެއަށް ނުކުރާނެ. ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް 2 ދުވަހުވެސް ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ،"
އެ އިދާރާއިން ބުނެފައި ވެއެވެ.
މީގެއިތުރުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އާންމުގޮތެއް އެންމެހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!