ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަހުއޮތް މިންވަރަށް މިމަހުއެކަނި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރަށްވައި، މާދަމާ މާލެ ސަރަހައްދާއި، ކޯވިޑްގެ ހާލަތު ގޯސް ރައްތަކާއި ހިމެނޭހެން ރާއްޖޭގައި އަޅާ ހަރުކަށިފިޔަވަޅުގެ އަސަރު އެންމެ ބޮޑަށް ކުރާ...