މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 862 ވަނަ ޞަފްޙާ

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 150އަށް

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 150އަށް

ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 79 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުން އަދަދު މިވަނީ 150 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 77 އެވެ. މިބަލީގައި ނިޔާވި 149 ވަނަ މީހާ ނިޔާވީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެއީ 56 އަހަރުގެ ފިރިހެނެކެވެ. ހުޅުމާލެ […]

ޖަލްވާން ޖާދުﷲ
އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ

އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ

މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މައްޗަންގޯޅި މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައިކަމަށެވެ. މި ހާދިސާ ހިނގިކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:00 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ. އެމްއެންޑީއެފްގެ ފަޔާ ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. #Update. Ma.Morning view ge 3 vana fangifilaagai roavefai vaa alifaan nivvaalumah MNDF Fire a...

ތިލަދުން
ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު

ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު

ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން  ވާހަކަ ދަައްކަވަމުންނެވެ. ޓޫރިޒަމް...

ޝިއުނާ އާދަމް
ނެޓު ހެޔޮކުރާ ރަސްމިއްޔާތު ހެނދުނު 10:00 ގައި

ނެޓު ހެޔޮކުރާ ރަސްމިއްޔާތު ހެނދުނު 10:00 ގައި

އިންޓަރނެޓު އަގުތައް ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު މއިަދު ހެނދުނު 10:00 ގައި އޮންނާނެކަމަށް ސަރުކާރުން އިޢުލާންކޮށްފި އެވެ. މިރަސްމިއްޔާތު އެތައް ފަހަރަކު ތާވަލްކޮށް އެކިފަހަރުމަތިން ވަނީ ފަސްކުރެވިފައެވެ. މިނިސްޓްރީ އެފް އެންވަރަމަންޓް އެންޑް ކުލައިމެޓްޗޭންޗް އެންޑް ޓެކްނޮލިޖީގެ މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ “ނެޓް ހެޔޮކުރުން” ނަމުގައި ބާއްވާ ރަސްމިއްޔާތު އެމިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ހުރިހާ ޓީވީ ޗެނަލަކުން ދައްކާނެ ކަމަށެވެ. މިރަސްމިއްޔާތު ފުރަތަމަ ތާވަލް ކުރީ މިދި...

ޖަލްވާން ޖާދުﷲ
ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ 8500 ރުފިޔާ

ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ 8500 ރުފިޔާ

“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ކަނޑައަޅައި، އެކަން ހާމަކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީ...

ޔުމްނާ ޢަލީ
ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ބަންދުކޮށްފި

ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ބަންދުކޮށްފި

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ވަޤުތީގޮތުން ބަންދުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހުގެ 19 ވަނަ ދ...

ތިލަދުން
މާލޭ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ

މާލޭ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ

މާލޭ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 22:00 ގައި ކަމަށެވެ. އެ ހާދިސާގައި ހިނގީ، ދުއްވާފައި ދިޔަ ސައިލެއް މާލޭ ސިޓީގެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ. ”މި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.” ފުލުހުން ވިދާޅުވެފަ ވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިއެކްސިޑެންޓްވީއިރު ސައިކަލު ދުއްވަން […]

އިބްރާހިމް އަސްވާޤް
އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށްލަފާ ކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ. މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން  ޅ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އަދި އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ […]

އަލީ އާދިލް
ނައިބް ރައީސް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ނައިބް ރައީސް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ނައިބް ރައީސް ފައިޞަލް ނަޞީމް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީދު ދާދިދެންމެއަކު ކުރެއްވި ޓުވިޓެއްގައި މިކަންވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މަބުރޫކް ވިދާޅުވީ ނައިބް ރައީސް ޕޮޒިޓީވް ވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މަބުރޫކު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. VP @FaisalNasym has today tested positive for #COVID19 He is in good health, and in […]

އިބްރާހިމް އަސްވާޤް
ބަލި މީހާއަށް އަނިޔާކުރި ބަންގުލަދޭސް މީހާ ހައްޔަރުކޮށްފި

ބަލި މީހާއަށް އަނިޔާކުރި ބަންގުލަދޭސް މީހާ ހައްޔަރުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދުވަސްވީ މީހަކަށް އަނިޔާކުރި ބަންގުލަދޭސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިއަދުގެ 16:30 ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވަ އެވެ. މީސްމީޑިއާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ބަލި މީހާއާ ހަވާލުވެ ހުރި ބިދޭސީ ފިރިހެނަކު، ބަލި މީހާގެ މޫނުމަތީގައި ޖަހައި މަން...

އަލީ އާދިލް
ހިޔާ ފްލެޓް ނިންމަން ޕެންޝަން ފައިސާ ނެގޭގޮތް ހަދައިދޭން ގޮވާލައިފި

ހިޔާ ފްލެޓް ނިންމަން ޕެންޝަން ފައިސާ ނެގޭގޮތް ހަދައިދޭން ގޮވާލައިފި

ހިޔާ މަޝްއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން، އެ ފްލައިޓްތަކުގެ ފިނިޝިން މަސައްކަތަށް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ހަރަދު ކުރުމުގެ އިހުތުޔާރު ދޭން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޕެންޝަން އޮފީހާއި. އެޗްޑީސީ ޓެގްކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ޑރ.މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް...

ޔުމްނާ ޢަލީ
ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފި

ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. “ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެއެވ...

ޔުމްނާ ޢަލީ
ސަމާލުވޭ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު!

ސަމާލުވޭ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން މ. އަތޮޅަށް 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު 14:00 […]

ޖަލްވާން ޖާދުﷲ
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ފޯރުކޮށް ދިނުމަށް ރެޔާއި ދުވާލު މިދަނީ މަސައްކަތް ކުރަމުން: ނަސީމް

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ފޯރުކޮށް ދިނުމަށް ރެޔާއި ދުވާލު މިދަނީ މަސައްކަތް ކުރަމުން: ނަސީމް

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް މާލަސްނުވެ ޖެހޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭއްތޯ ރެޔާއި ދުވާލު މަސައްކަތްކުރަށްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރާއްޖެގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ވިދާޅުވީ، މިދުވަސްތަކަކީ އެންމެނަށް ވެސް ވަރަށް ހިތާމައާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްތަކެއް ކަމަށެވެ. އަ...

ޙުސައިން ޝަހުދީ
ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލެއް ނުވޭ: ރައީސް

ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލެއް ނުވޭ: ރައީސް

ދިވެހި ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލް ނުވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ކޯވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައިކަމ...

ޔުމްނާ ޢަލީ