މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 853 ވަނަ ޞަފްޙާ

ހުޅުމާލެ ފަޅުތެރޭގައި މަރާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ފެނިއްޖެ

ހުޅުމާލެ ފަޅުތެރޭގައި މަރާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ފެނިއްޖެ

ހުޅުމާލެ ފަޅުތެރޭގައި މަރާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ފެނިއްޖެ އެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކު ރަހީނު ކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލަ އާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 02:38 އެހައިކަންހާއިރު ފެނިފައިވާކަމަށެވެ. “މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ […]

އަލީ އާދިލް
ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް ނެރެފި

ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް ނެރެފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން “ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް” ނަމުގައި ލޯކަލް ކައުންސިލްތަކުން ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ފަސޭހަކަން ލިބޭނޭ އަތްމަތީ ފޮތެއް ނެރެފިއެވެ. މި ފޮތަކީ ޔޫއެންޑީޕީއާއި، ރާއްޖޭގައި ހުންނަ އިނގިރޭސި އެމްބަސީގެ އެހީތެރިކަމާއެކު ނެރުނު ފޮތެއް ކަމަށް އެލްޖީއޭއިން ބުނެއެވެ. މިފޮތް އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ ޕްލޭނިން ކޮންސަލްޓަންޓް އައިޝަތު އަޒްފާއެވެ. އެލްޖީއޭއިން ނެރުނު މި ފޮތަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހ...

ޔުމްނާ ޢަލީ
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އިދިކޮޅު ޕީޕީއެމްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ހޮވިއްޖެއެވެ. މިއަދު މެންދުރު އޮތް މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓުގައި، ނަރީޝްއާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ މައްޗަށް ގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރެވެ. އެ ވޯޓުގައި ނަރީޝްއަށް 12 ވޯޓު ލިބުނުއިރު، ޒަމީރަށް ލިބުނީ 7 ވޯޓެވެ. މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމުން ވާދަކުރަށްވާނެ ބޭފުޅެއް ކަނނޑައެޅީ އިއްޔެ އެ ޕާޓީގެ ކައުންސިލަރުންގެ މެދުގައި ނެގި […]

އަލީ އާދިލް
ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް...

އަޙްމަދު އަރުޝަމް
މިޝްކާގެ މަރު ރިޕޯޓު: އެތައް އިހުމާލެއް، ފަރުވާތެރި ވެވުނުނަމަ ހާދިސާ ހިނގުން ނާދިރު!

މިޝްކާގެ މަރު ރިޕޯޓު: އެތައް އިހުމާލެއް، ފަރުވާތެރި ވެވުނުނަމަ ހާދިސާ ހިނގުން ނާދިރު!

ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން އެކުލަވާލި ކޭސް ރިޕޯޓް އާންމުކޮށްފިއެވެ. މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެތައް އިހުމާލެއް ފެންނަންއޮތް މި ރިޕޯޓަކީ މިޝްކާއަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯސީ)އިން ސިއްހީ ހިދުމަތް ފޯރުކޮށްދީފައިވާ ގޮތާއި [...

ޝިއުނާ އާދަމް
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގެ ކަންބޮޑުވުންތައް އަދާލަތުން ރައީސް އާއި ހިއްސާކޮށްފި

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގެ ކަންބޮޑުވުންތައް އަދާލަތުން ރައީސް އާއި ހިއްސާކޮށްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙިސާން ހުސެއިން ހުށަހަޅުއްވާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލުގައި ހުރި ކަންބޮޑުވުންތައް، އަދާލަތު ޕާޓީން ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުއާއި ހިއްސާކުރައްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް މިއަދު އަދާލަތު ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާ، ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ހު...

އަޙްމަދު އަރުޝަމް
"ނަފުރަތުގެ އަމަލު" ބިލުން ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ: ޑީއެންއޭ

"ނަފުރަތުގެ އަމަލު" ބިލުން ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ: ޑީއެންއޭ

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ހިމެނިފައިވާ އިސްލާހްތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަމުންކުރާ އަސަރު ނުފެނުނު ކަމުގައިވިއަސް، ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މި އިސްލާޙްތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ސިޔާސީ ހަރަކާތެއް ކަމަށްވާ، މޯލްޑިވްސް ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ބުނެފިއެވެ. ޑީއެންއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު...

އަލީ އާދިލް
މަޚްލޫފް އޭސީސީއަށް: މައްސަލަ ފޮނުވަމުން ބޮޑު ބަޔާނެއް ނެރުނު، އަނބުރާ ފޮނުވާލީމަ ތިތިބީ ހަނު!

މަޚްލޫފް އޭސީސީއަށް: މައްސަލަ ފޮނުވަމުން ބޮޑު ބަޔާނެއް ނެރުނު، އަނބުރާ ފޮނުވާލީމަ ތިތިބީ ހަނު!

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް ހާމަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު ބަޔާނެއް ނެރުނު ކަމަށާއި، ނަމަވެސް ޕީޖީއޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީ އޮތީ ހަނުކަމަށް ވިދާޅުވެ، މިނިސްޓަރު މަޚްލޫފް ނުރުހުންފާޅު ކުރަށްވައިފިއެވެ. މަޚްލޫފް މިހެން...

އަލީ އާދިލް
ކޯވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު 205 އަށް

ކޯވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު 205 އަށް

ކޯވިޑް-19 ޖެހިގެން ފަރުުވާ ހޯދަމުން ދިޔަ 2 މީހަކު ނިޔާވެ، ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު 205 އަރަފިއެވެ. މިއަދު ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވެފައިވަނީ މިއަދު ފަތިހު 5:19 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުން މިބަލީގައި 55 އަހަރުގެ އިންޑިއާގެ ރައްޔިތަތުވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. އެމީހާ ނިޔާވީ ރޭ ދަންވަރު 1:30 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން […]

އައިޝަތު އިލްމާ އަދުނާން
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްލެވިއްޖެނަމަ މާދަމާ ހިތާމަކުރާނެ: ޢަލީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްލެވިއްޖެނަމަ މާދަމާ ހިތާމަކުރާނެ: ޢަލީ

‏ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްލެވިއްޖެނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. ޢަލީ ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށެވެ. “ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން” ޢަލ...

އަލީ އާދިލް
އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށާކަށް ނޫޅެން: ޓްރާންސްޕޯޓް މިނިސްޓްރީ

އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށާކަށް ނޫޅެން: ޓްރާންސްޕޯޓް މިނިސްޓްރީ

ދިވެހިރާއްޖެއާއި، ހައްދު ފަހަނައަޅާފައިވާ އިޒްރޭލާއި ދެމެދު ވައިގެ ދަތުރުތައް ފަށަންއުޅޭކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޮގުކޮށްފިއެވެ. ރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައިވަނީ، ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފުއެ...

ޝިއުނާ އާދަމް
ލާމަރުކަޒީ ގާނޫނާއި ފުށުއަރާ 6 ގާނޫނެއް އިސްލާހުކުރަން ފޮނުވައިފި

ލާމަރުކަޒީ ގާނޫނާއި ފުށުއަރާ 6 ގާނޫނެއް އިސްލާހުކުރަން ފޮނުވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށުއަރާ 6 ގާނޫނެއް އިސްލާހުކުރުމުގެ ބިލު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ހުށަޅައިފިއެވެ. މިގޮތުން އޭޖީ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިސްލާހަށް 23 ޑިސެންބަރު 2020 އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެ އިސްލާހުގައި 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ޤާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި މި މަހު ނިޔާވި މީހުންގެ އަދަދު 42 އަށް އަރައިފި

ކޯވިޑް ބަލީގައި މި މަހު ނިޔާވި މީހުންގެ އަދަދު 42 އަށް އަރައިފި

ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެ، މިބަލީގައި މި މަހު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 42 އަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިބަލީގައި ރާއްޖެއިން އެންމެ ފަހުން ނިޔާވީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 202 ވަނަ މީހާއެވެ. މިބަލީގައި އިއްޔެ ނިޔާވީ އެންމެ މީހެކެވެ. އެއީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. މި ބަލީގައި އެންމެ ގިނައިން […]

ޔުމްނާ ޢަލީ
އަފްޣާނިސްތާނުން ހައްޔަރުކުރި ޝާފިއުއާއި ފުލުހުންނާއި ގުޅުވައިގެން ފަތުރަނީ ދޮގުވާހަކަތަކެއް: ފުލުހުން

އަފްޣާނިސްތާނުން ހައްޔަރުކުރި ޝާފިއުއާއި ފުލުހުންނާއި ގުޅުވައިގެން ފަތުރަނީ ދޮގުވާހަކަތަކެއް: ފުލުހުން

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ، ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިރޭ އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ކ. މާލެ، މ. މޫންލައިޓްވެލީ، ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި 04 ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވ...

ޔުމްނާ ޢަލީ
4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

4.5 މިލިއަން ލިޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްވާން ފަށައިފިއެވެ. އެންއެންޑީއެފްއިން ވިދާޅުވީ، ދިޔަވަމުން ދަނީ އެސްޓީއޯގެ ތެޔޮއުފުލާ ބޯޓެއް ކަމަށްވާ “އެމްވީ އަލިމަސް”އަށް ކަމަށެވެ. އެ ބޯޓުގައި 4.5 މިލިއަން ލިޓަރު ތެޔޮ ހުރިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެއީ 4322.735 ކިލޯ ލީޓަރު ޑީސަލް އަދި 456.514 ކިލޯލީޓަރު ޕެޓްރޯލެވެ. އެ ބޯޓު އޮތީ ގދ. ފަރެސް މާތޮޑާ ކައިރީގައެވެ. އެ ބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި […]

ޝިއުނާ އާދަމް