ހުޅުމާލެ ފަޅުތެރޭގައި މަރާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ފެނިއްޖެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކު ރަހީނު ކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

މި މައްސަލަ އާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 02:38 އެހައިކަންހާއިރު ފެނިފައިވާކަމަށެވެ.

"މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ."

ފުލުހުން ވިދާޅުވި އެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މިކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ސަރަހައްދުގެ މޫދުންނެވެ. މިކުއްޖާ ފެނިފައިވަނީ ފޮއްޓަކަށްލާފައި އޮއްވަ އެވެ.

މިކުއްޖާގެ ހަށިގަނޑުވަނީ ރޭ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ހާމަކުރިއެވެ.