ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން "ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް" ނަމުގައި ލޯކަލް ކައުންސިލްތަކުން ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ފަސޭހަކަން ލިބޭނޭ އަތްމަތީ ފޮތެއް ނެރެފިއެވެ.
މި ފޮތަކީ ޔޫއެންޑީޕީއާއި، ރާއްޖޭގައި ހުންނަ އިނގިރޭސި އެމްބަސީގެ އެހީތެރިކަމާއެކު ނެރުނު ފޮތެއް ކަމަށް އެލްޖީއޭއިން ބުނެއެވެ. މިފޮތް އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ ޕްލޭނިން ކޮންސަލްޓަންޓް އައިޝަތު އަޒްފާއެވެ.
އެލްޖީއޭއިން ނެރުނު މި ފޮތަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމަށްޓަކައި ލޯކައުންސިލްތަކަށް އިރުޝާދު ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތެއްކަމަށް އެ އިދާރާއިން ބުނެއެވެ.
މިފޮތުގައި އަދުގެ ހާލަތަށް ރިޔާއަތްކޮށް، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ކައުންސިލްތަކުން އަމަލު ކުރަންވީގޮތާއި، ވިސްނުން ބަހައްޓަންވީ ކަންތައްތައް އަދި ތަރައްޤީގެ ޕްލޭން ފަރުމާކުރަން ވީގޮތް ހިމަނާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
މީގެ އިތުރުން ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ސަމާލުވާންޖެހޭ ޤައުމީ އަދި ބައިނަލްއަގުވާމީ ތަސައްވުރުތަކާއި ބެހޭ މަޢުލޫމާތުވެސް ހިމެނިފައިވާނެކަމަށް އެ އިދާރާއިން ބުނެއެވެ.
މި އަތްމަތީ ފޮތުގެ މަގްސަދުތައް ކަމަށް އެ ފޮތުގައި ބުނެފައި ވަނީ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރުމުގައި ކައުންސިލްތަކަށް މަގުދައްކާ ދިނުމާއި، އެއް ބައްޓަމަކަށް ހުރިހާ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިކަންފޯރުކޮށްދިނުމާއި އަދި އެކި ދާއިރާތަކުން އެކުލަވާލާފައިވާ ޕްލޭންތަކަކީ ސަރުކާރުން ކަނޑައަޅާވާފައިވާ މައި ސިޔާސަތުތަކާއި، ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ، އެއާއި ފުށުނާރާގޮތަށް އެކުލަވާލާފައިވާ ޕްލޭންތަކަށް ހެދުމަށް އިރުޝާދުދިނުމެވެ.
އިދާރީ ދާއިރާތަކުގެ ތަރައްޤީގެ ޕްލޭންތަކަކީ، ރައްޔިތުންގެ ބައިވެރިވުމާ، މަޝްވަރާއާއި ޚިޔާލުގެ މައްޗަށް އެކުލަވާލެވޭ، އެފަރާތްތައް ބަލައިގަންނަ ޕްލޭންތަކަކަށް ހެދުމާއި، ޕްލޭން ތަންފީޒުކުރުމުގައި ރައްޔިތުންގެ ހިއްސާ ކުރެވިދާނޭ ކަންތައްތައް ފާހަގަކުރުން ވެސް މި ފޮތުގެ މަގްސަދެއް ގޮތުގައި ބަޔާންކޮށްފައިވެއެވެ.
Development Plan Handbook
Direct download https://t.co/x6wwPun3S7
Link to Web LGA page https://t.co/f200KIEqOm pic.twitter.com/JcfrIsg2Zs
— Local Government Authority (@lgaMaldives) June 21, 2021
މިއަތްމަތީ ފޮތުގައި ތަރައްޤީގެ ޕްލޭން އެކުލަވާލުވުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާއި، ތަރައްޤީގެ ޕްލޭން
އެއްހަމައެއްގައި އެކުލަވާނޭ ގޮތާއި، ތަރައްޤީގެ ޕްލޭނާއި ގުޅުންހުރި ޤާނޫނު ތަކާއި، މުއާހަދާތަކާއި، މުއައްސަސާތަކުގެ ތަފްސީލާއި، އެ ރަށެއްގެ އަތޮޅެއް/ސިޓީއެއްގެ އިޖްތިމާޢީ އަދި އިޤްތިސާދީ ހާލަތްތަކާއި ހަޤީގަތްތައް ދެނެގަންނާނޭ ގޮތާއި، އެހާލަތްތަކާއި އެއްގޮތްވާގޮތުގެ މަތިން ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ އިރުޝާދާއި ލަފާ ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެ ފޮތުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!