މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 852 ވަނަ ޞަފްޙާ

71 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

71 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

71 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ، މިތަކެތި ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން އިއްޔެ ދޫނިދޫގައި ކަމަށެވެ. މިގޮތުން 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 201 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮ...

ޔުމްނާ ޢަލީ
މިރާއިން އިންސްޓޯލްމަންޓްއިން ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއްދީ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދެނީ

މިރާއިން އިންސްޓޯލްމަންޓްއިން ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއްދީ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދެނީ

ކޮވިޑް-19 އާއި ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިއެއްގެ ގޮތުގައި އިންސްޓޯލްމެންޓު އުސޫލު ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކެއްދީ، އަދި ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ. މީރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ...

އަޙްމަދު އަރުޝަމް
އަޑީގައި ތިބިގެން ސިއްރިޔާތުގައި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް އެބަކުރެވޭ: ސިއްޕެ

އަޑީގައި ތިބިގެން ސިއްރިޔާތުގައި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް އެބަކުރެވޭ: ސިއްޕެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޅަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، ނަފްސުގެ ރައްކާތެރިކަމާއި، ސިއްރިޔާތުގައި އަޑީގައި ތިބިގެން ނޭނގި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީ...

އަލީ އާދިލް
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި އެވެ. މހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި އޮންލައިންކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ހަރަކާތުންނެވެ. މާލޭގައި މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެ...

އަލީ އާދިލް
ބޯޓު ދަތުރު ކުރާ މީހުންގެ ޙައްޤުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓަރ ނަޙުލާ

ބޯޓު ދަތުރު ކުރާ މީހުންގެ ޙައްޤުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓަރ ނަޙުލާ

ބޯޓު ދަތުރު ކުރާ މީހުންގެ ޙައްޤުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ދެމި ހުންނަވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. “އިންޓަނޭޝަނަލް ސީ ފެއަރަރސް ޑޭ” ނުވަތަ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ، ކަނޑު އުޅަދު ފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަހުލާ މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ސީމަނުންގެ ހުރި މައްސަލަތައް ހައްލު ކުރާށާއ އެމީހުންގެ ހައްގުގައި […...

އަލީ އާދިލް
ކުރެންދޫގެ 3 ޖަމިއްޔާއަކުން ނަފުރަތުގެ ޢަމަލު ބަޔާން ކުރާ ބިލް ފާސްނުކުރުމަށް ގޮވާލައިފި

ކުރެންދޫގެ 3 ޖަމިއްޔާއަކުން ނަފުރަތުގެ ޢަމަލު ބަޔާން ކުރާ ބިލް ފާސްނުކުރުމަށް ގޮވާލައިފި

ޅ. ކުރެންދޫގެ 3 ޖަމިއްޔާއަކުން ނަފުރަތުގެ ޢަމަލު ބަޔާން ކުރާ ބިލް ފާސްނުކުރުމަށް ގޮވާލައިފި އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށަހަޅާފައިވާ ނަފުރަތުގެ ޢަމަލު ބަޔާން ކުރާބިލް ފާސްނުކުރުމަށް ގޮވާލާ ކުރިމަގު ފައުންޑޭޝަން، އިނާލް ފައުންޑޭޝަން އަދި ޑިވެލޮޕްމެންޓް ކުލަބު ގުޅިގެން މި ނޫސް ބަޔާން ނެރެފައިވަނީ މިއަދު އެވެ. މި ނޫސް ބަޔާނުގައި ބުނެފައިވަނީ، ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތުގެ 24 […]

އަލީ އާދިލް
ކޯވިޑް ބަލީގައި 34 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 34 އަހަރުގެ މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން 34 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާގޮތިގައި ނިޔާވެފައި ވަނީ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ވެއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 208 ވަނަ މީހާއެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 48 އެވެ. ރާއްޖެއިން މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު […]

ޔުމްނާ ޢަލީ
ޖެންޑާއިން މީޑިއާތަކަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް އެމްޖޭއޭއިން ގޮވާލައިފި

ޖެންޑާއިން މީޑިއާތަކަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް އެމްޖޭއޭއިން ގޮވާލައިފި

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިންއިން މީޑިއާތަކަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ. އެމްޖޭއޭއިން މިހެން ގޮވާލީ، 13އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް ގެނެސްދިނުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މައުލޫމާތުތައް އާންމުކޮށްފައިވާ ކަމަށް...

އަޙްމަދު އަރުޝަމް
ބައެއް މީޑިއާތައް ޖޫރިމަނާކޮށް، މިނިސްޓްރީތަކުން އިންޒާރު ދޭތީ އެމްއެމްސީގެ ކަންބޮޑުވުން

ބައެއް މީޑިއާތައް ޖޫރިމަނާކޮށް، މިނިސްޓްރީތަކުން އިންޒާރު ދޭތީ އެމްއެމްސީގެ ކަންބޮޑުވުން

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާތީ އެކަމާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ޝާއިޢުކުރާ ޝާއިޢުކުރުންތަކުގެ މައްސަލަ ބެލުމުގެ...

އަޙްމަދު އަރުޝަމް
"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލަށް އެޗްއާރްސީއެމްގެ ހުށަހެޅުންތަކާއި ސަބަބުތައް ބަޔާންކޮށްފި

"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލަށް އެޗްއާރްސީއެމްގެ ހުށަހެޅުންތަކާއި ސަބަބުތައް ބަޔާންކޮށްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ، “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުށަހެޅުންތަކާއި އެ ހުށަހަޅާ ސަބަބުތައް ބަޔާންކޮށްފި އެވެ. މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި “ނަފްރަތުގެ އަމަލު ހިންގުން” ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވާއިރު،...

އަޙްމަދު އަރުޝަމް
ބޭރު ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ލިބޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެ: އަލީ

ބޭރު ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ލިބޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެ: އަލީ

ބިދޭސީ ޓީޗަރުންނަށް ރާއްޖޭގައި ދެމުންދާ މުސާރަޔާއި އިނާޔަތްތައް ދިވެހި ޓީޗަރުން ވެސް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ މިހެން ވިދާޅުވީ ރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ ނެރުއްވި ބަޔާނުގައި އިންޑިއާއިން އަރަބި އަދި ޤުރުއާން ޓީޗަރުން ގެނައީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާތީކަމަށް ބަޔާންކޮށް ނެރު ބަޔާނާއި ގުޅިގެން ނޫހަކުން ގެނެސްދ...

އަޙްމަދު އަރުޝަމް
މާލެ ސަރައްދުގެ ކާފިއު ވަގުތު ކުޑަކޮށްފި

މާލެ ސަރައްދުގެ ކާފިއު ވަގުތު ކުޑަކޮށްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުގައި ހިންގާފައިވާ ކާފިއުގެ ވަގުތު ކުޑަކޮށްފިއެވެ. މިހާރު މާލޭ ސަރަހައްދުގައި ކާފިއު ހިންގާފައި ވަނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ. އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ކާފިއު ވަގުތަކީ، ހަވީރު 6 އިން ފަތިހު 4 އަށް ކަމަށެވެ. މީގެ އިތުރުން ފަތިހު 5:00 އިން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ، އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ، އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި

ކުޅުދުއްފުށި ސިޓިގެ ޒުވާނަކު ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާކަމަށް ހާމަކުރެއެވެ. އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބ...

އަލީ އާދިލް
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާމެދު، އިސްލާމިކް މިނިސްޓްރީގެ ރައުޔުގައި 3 ކަމެއް

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާމެދު، އިސްލާމިކް މިނިސްޓްރީގެ ރައުޔުގައި 3 ކަމެއް

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުން” މި ނަމުގައި 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ނެރެފި އެވެ. އެމިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާންނެއްގައި ބުނެފައިވަނީ އެމިނިސްޓްރިގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅުއްވާފައިވާތީ ބިލާމެދު އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީ...

އިބްރާހިމް އަސްވާޤް
ބިލާއި ދެކޮޅު ޕެޓިޝަނަށް "ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް" ހީލަތްތެރި އުކުޅުތައް ބޭނުންކުރޭ: އެމްޑީޕީ

ބިލާއި ދެކޮޅު ޕެޓިޝަނަށް "ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް" ހީލަތްތެރި އުކުޅުތައް ބޭނުންކުރޭ: އެމްޑީޕީ

ޤާނޫނުލްއުޤޫބާތު އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުއްވި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްޑީޕީއިން މިކަންބޮޑުވުން ފާޅުކޮށްފައިވަނީ ރޭ ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ “ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުއުޤޫބާތު) އަށް އިސްލާހު...

އަލީ އާދިލް