މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 854 ވަނަ ޞަފްޙާ

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން: މަބްރޫކް

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން: މަބްރޫކް

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ، މާލެއަށް އެންމެން އެއްފަސް ނުކޮށް ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ. ސަރުކާރު މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢޫލޫމާތުތައް މިއަދު މީޑިޔާ ދެއްވަމުން މުޙައްމަދު މަބްރޫކް ވިދާޅުވީ، ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ...

ޔުމްނާ ޢަލީ
ޚިޔާލު ތަފާތުވެފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ޚިޔާލު ތަފާތުވެފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ނަފްރަތު އުފެއްދުން މަނާ ކުރުމަށް, ޤާނޫނުލްއުޤޫބާތު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ. ރޭ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިލާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12ގެ ކުރިން މަޖިލީހަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު އީމެއިލް ކުރައްވާނީ judiciary_committee@majlis.gov.mv އަށެވެ. ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފ...

ތިލަދުން
މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މާލެ މެރީބުރައުން ކުރިމަތީ ފަޅުތެރޭގައި ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ. މާލެ ފަޅުތެރޭގައި އޮތް 3 ލޯންޗެއްގައި އަލިފާން ރޯވެއްޖެhttps://t.co/bADyIGoeYO pic.twitter.com/PJoAkZvWJI — Thiladhun (@thiladhun) June...

ތިލަދުން
އިމާރާތަކުން އަންހެނަކު ވެއްޓިއްޖެ

އިމާރާތަކުން އަންހެނަކު ވެއްޓިއްޖެ

މާލޭގައި ގެއެއްގެ ތިންވަނަ ފަންގިފިލާ އިން އަންހެނަކު ވެއްޓިއްޖެއެވެ. ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށެވެ. ވެއްޓިފައިވަނީ ދިވެހި އަންހެނެކެވެ. މި ހާދިސާއާ ގުޅިގެން ބަަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ މަގުމަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކެއްގެ މައްޗަށެވެ. އެ އަންހެން މީހާ އެ އިމާރާތުން ވެއްޓެން ދިމާވި ސަބަބެއް އަދި މިހާތަނަށް ފުލުހު...

އަލީ އާދިލް
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް” ގެ މަޤާމަށް މއ. މާންދޫގެ ޞަބްރާ އިބްރާހީމް ނޫރައްދީން، މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޞަބްރާ އިބްރާހީމް ނޫރައްދީން، މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރު (ސްޓޭޓް މިނިސްޓަރފެންވަރު) ގައެވެ. ޞަބްރާ އިބްރާހީމް ނޫރައްދީން އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަން...

ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 200 އަށް

ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 200 އަށް

ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ގދ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު ވަނީ ނިޔާވެފައެވެ. ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވީ ހަވީރު 5:00 ހާއިރުއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 200 ވަނަ މީހާއެވެ. ރޭގައި ވަނީ ލ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 59 އަަހަރުގެ […]

ޔުމްނާ ޢަލީ
ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކް ގެ ރައީސާއަށް، ޑރ. ފަރަހަނާޒް ފައިޒަލް

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކް ގެ ރައީސާއަށް، ޑރ. ފަރަހަނާޒް ފައިޒަލް

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފިއެވެ. އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވުނު ހަފްލާގައި އެކަމަނާއާއި ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ. ޑރ. ފަރަހަނާޒް ފައިޒަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް...

ތިލަދުން
ފޯނު ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

ފޯނު ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގެ ފޯނު ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެންވަދެ، ފޯނުތަކެއް ވަގަށްނެގި ދެ މީހަކު، ފޯނުތަކާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި/ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި/މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ. މި ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ. މި ދެމީހުން ފޯނުތައް ވަގަށް ނެގީ މާލޭ ސިޓީގެ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެންނެވެ. އެ ދެމީހުން ވަނީ އެ ފިހާރައަށް ވަދެ […]

ޔުމްނާ ޢަލީ
ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް "ގެދޮރުވެރިޔާ ލޯން ސްކީމް"

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް "ގެދޮރުވެރިޔާ ލޯން ސްކީމް"

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ “ގެދޮރުވެރިޔާ ލޯން ސްކީމް” ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާހްކޮށްދެއްވައިފި އެވެ. އެމަނިކުފާނު މި ސްކީމް އިފްތިތާހްކޮށްދެއްވީ  މިރޭ ސޯޝަލް މީޑިއާގައި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ގެދޮރުވެރިޔާ ލޯން ސްކީމްގެ ނަމުގައި ރައީސް މިއަދު ފައްޓަވައިދެއްވި ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކައި ޚަލާސްކުރާ ގޮތަށް ތައާރަފުކުރާ ލޯން ސްކީމެކެވެ. މި ލޯން ސްކީމްގައި ބ...

ތިލަދުން
ކޯވިޑް ބަލީގައި 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން އައި އުމުރުން 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒުވާނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންއައި މީހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއީ ދިވެއްސެކެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ޒުވާން ފިރިހެން މީހާ އެވެ. މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 198 ވަނަ މީހާ އެވެ. މިއީ މިއަދު މިބަލީގައި ނިޔާވި ފުރަތަމަ މީހާ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ […]

އަލީ އާދިލް
މިސްކިތްތަކުގައި މަސްތުގެ ހާލުގައި ތިބިކަމުގެ ތުހުމަތުގައި 15 މީހަކު ހައްޔަރުކޮށްފި

މިސްކިތްތަކުގައި މަސްތުގެ ހާލުގައި ތިބިކަމުގެ ތުހުމަތުގައި 15 މީހަކު ހައްޔަރުކޮށްފި

އެއްވެސް ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުންކަމަށާއި، އަދި އެއީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި […]

އަޙްމަދު އަރުޝަމް
ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 198 އަށް

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 198 އަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ނިޔާވީ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެހެންކަމުން މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 38 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]

ޔުމްނާ ޢަލީ
ކިރުފެލާން ގެންގުޅޭ ބަކަރި ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަ: ބޮންޑޭ

ކިރުފެލާން ގެންގުޅޭ ބަކަރި ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަ: ބޮންޑޭ

ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) މިއަދު އިސްލާހު ކުރުމާއިއެކު އެކަމަށް އިޝާރާތްކުރައްވާ ބޮންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަަމަށެ...

އަލީ އާދިލް
ސަޢޫދީގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ފަށާ ޤައުމުތަކުގެ ތެރޭގައި ރާއްޖެެ

ސަޢޫދީގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ފަށާ ޤައުމުތަކުގެ ތެރޭގައި ރާއްޖެެ

ސަޢޫދީ ޢަރަބިއްޔާގެ “ތަވައްކަލްނާ” އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެވެ. މި އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް އެގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްްފަހުގައެވެ. ދިވެހިރާއްޖޭގެ ފޮރ...

އަޙްމަދު އަރުޝަމް
ހުޅުމާލޭގައި އަލަށް ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީއަށް ރައީސް ޒިޔާރަތް ކުރައްވައިފި

ހުޅުމާލޭގައި އަލަށް ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީއަށް ރައީސް ޒިޔާރަތް ކުރައްވައިފި

ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ރައީސް މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކ...

އިބްރާހިމް އަސްވާޤް