ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ "ސިިލިކޯން ސަކްޝަން ޕްލޭޓް" އާއި" ސިލިކޯން ސްނެކް ކަޕް" ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަށިތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭކަމަށާއި އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯ ތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖެ އަށް "މުޝީ" ބްރޭންޑުގެ ސިިލިކޯން ސަކްޝަން ޕްލޭޓާއި ސްނެކް ކަޕް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން ، އެމްއެފްޑީއޭ އަށް އަންގާފައިވާތީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ގެއްލުންވާނެ މިންވަރު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިކަމާއި ގުޅިގެން އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!