މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 84 ވަނަ ޞަފްޙާ

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް

ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ، އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް، ބަދަހި ޤައުމެއް ބިނާކުރުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ޤައުމެއް ބިނާކުރުމަކީ މި ދުވަހުން ލިބިދޭ މުހިންމު ފިލާވަޅެއް ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކ...

ޔުމްނާ ޢަލީ
ކަމަރު ބަންނަންވީ ރައީސް މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް: އަބުދުއްރަހީމް

ކަމަރު ބަންނަންވީ ރައީސް މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް: އަބުދުއްރަހީމް

އުންމީދު އައުކޮށް ކަމަރު ބަންނަންވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބުއްރަހީމް މިފަދައިން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ހިމަންދ...

ޝިއުނާ އާދަމް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ 2026 އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 މެއި 7 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ސީރިއަސް...

ޔުމްނާ ޢަލީ
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް: ފަޔާ

ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް: ފަޔާ

ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށް، އެ ޕާޓީގެ ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރުން ގަދަވެފައިވާއިރު، ފަޔާ އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވިދާޅުވީ، ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށެވެ.’ ”އެހެނަސް...

އަލީ އާދިލް
ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމު...

ޔުމްނާ ޢަލީ
ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު

ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހަދައިދިނުމަށްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާ...

ޔުމްނާ ޢަލީ
ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް، 21 ކިލޯ ޑްރަގާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް، 21 ކިލޯ ޑްރަގާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަތުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. ފުލުހުން ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް […]

ޔުމްނާ ޢަލީ
ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އޭޕްރީލް 9 ވަނަ ދުވަހު ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުން ދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ. އެ ދުވަހު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އުމުރުން 40 އަހަރުގެ އެ މީހާ ފިހިގެން ފުރަތަމަ ފަރުވާ ދިނީ ފީއަލީގައެވެ. އޭނާ އަށް ފީއަލީ ސިއްހީ މަރުކަަޒުގައި ފަރުވާދޭން ފެށުމަށްފަހު […]

ޔުމްނާ ޢަލީ
ސިންގަޕޫރުގައި ބުލީކުރުން ހުއްޓުވުމަށް 9 އަހަރުން މަތީގެ ފިރިހެން ކުދިނަށް އަދަބު ދިނުމުގެ ހުއްދަ ދީފި

ސިންގަޕޫރުގައި ބުލީކުރުން ހުއްޓުވުމަށް 9 އަހަރުން މަތީގެ ފިރިހެން ކުދިނަށް އަދަބު ދިނުމުގެ ހުއްދަ ދީފި

ސިންގަޕޫރުގެ ސްކޫލްތަކުގައި އަދަބު ދިނުމުގެ ގޮތުން ދަރިވަރުންގެ ގައިގައި ދަނޑިން ނުވަތަ އެއްތެލުން ތެޅުމުގެ ހުއްދަ ޓީޗަރުންނަށް އޮންނާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ ބުލީކުރުމާ ދެކޮޅަށް އެ ގައުމުން އެކުލަވާލާފައިވާ އާ އުސޫލުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އަންގާރަ ދުވަހު ޕާލަމަންޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުއްޖާ ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެހެން ހުރިހާ ފިޔަވަޅުތަކަކުން ނަތީޖާއެއް ނުފެނިއްޖެ ނަމަ އެއ...

ނާޒިމާ އަލީ
މުހީތުގެ މަރު: ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުށްކުރުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

މުހީތުގެ މަރު: ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުށްކުރުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީ ކުރިމަތީގައި 2012 ވަނަ އަހަރު ގ. ވޭރު، މުހީތު ހުއްޓާ ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އެ މީހުން އެ […]

ހުސައިން ހަބީބް
ވައިބަރ ލިންކެއް ފޮނުވައިގެން 50،000 ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި

ވައިބަރ ލިންކެއް ފޮނުވައިގެން 50،000 ރ. ފޭރުނު މީހަކު ހައްޔަރުކޮށްފި

ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން މީހެއްގެ ބެންކު އެކައުންޓަކުން 50,000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އެޕްރީލް 24 ވަނަ […]

ޔުމްނާ ޢަލީ
ލަންކާ ދަތުރުން ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިއްޖެ: ރައީސް

ލަންކާ ދަތުރުން ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިއްޖެ: ރައީސް

ސްރީލަންކާއަށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު، އެ ގައުމުގެ ރައީސް އަދި ބޮޑުވަޒީރާއެކު ބޭއްވުނު ފައިދާހުރި މަޝްވަރާތަކުން ވަރަށް ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލަންކާ ދަތުރުފުޅު ނިންމަވާލައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަދި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ތަފާތު އެކ...

ޔުމްނާ ޢަލީ
ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑެރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. 2026 މޭ 3 އިން 6 އަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް...

ޔުމްނާ ޢަލީ
ޕީއެންސީގެ ޑެޕިއުޓީ އެސްޖީ އަކަށް ލައްމާން

ޕީއެންސީގެ ޑެޕިއުޓީ އެސްޖީ އަކަށް ލައްމާން

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން ޢައްޔަނުކޮށްފިއެވެ. ލައްމާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރު އަދި ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. ޕީއެންސީގެ ޑީއެސްޖީގެ މަގާމަށް ލައްމާން ހަމަޖެއްސުމުން އެ ޕާޓީން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ޕީއެންސީގެ މިހާރުގެ އެސްޖީއަކީ މޫސާ ފަތުހީ އާދަމް އާދަމްއެވެ. މ...

އަލީ އާދިލް
ލަންކާ ވިސާގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް: ރައީސް

ލަންކާ ވިސާގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް: ރައީސް

ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހ...

ޔުމްނާ ޢަލީ