މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ.

މުޖްތަބާއަކީ ކުރީސަރުކާރުގެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯގެ މަޤާމް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ ފަހުކޮޅު މުޖަތަބާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށެވެ.

Ad
rt

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް އިއުލާނު ކުރުމުން ޖުމްލަ 511 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާފައިވަނީ 23 މީހެކެވެ.

މަޖުތަބާ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އޭނާ ވަނީ އިއްޔެ އިން ފެށިގެން އޮފީހަށް ނިކުންނަވަން ފައްޓަވާފަ އެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ.

މާލޭ ސިޓީ ކައުންސިލަކީ އިދިކޮޅު ޕީޕީއެމްގެ ސުޕާ މެޖޯރިޓީ އޮތް ކައުންސިލެކެވެ.