ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން އިއުލާން ކޮށްފިއެވެ.
މިގޮތުން ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރި އިއުލާނެއްގައި ބުނީ، އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަން އީ-މެއިލް somaldives2019@gmail.com އަށް ސިޓީއަކުން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ސިޓީއާއި އެކު ކުރިމަތިލާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ސީވީ، ކޯޗިންގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓުތައް، މިހާރު އެއްވެސް ތާކު ކޯޗުކަން އަދާ ކުރާނަމަ އެތަނެއްގައި ކޯޗުކަން އަދާކުރާކަމުގެ ލިޔުން އަދި މިނޫންވެސް މިކަމާ ގުޅުންހުރި ލިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ.
އެސް-އޯ މޯލްޑިވްސްއިން ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދާ ކުޅިވަރުތަކަކީ، ފުޓްބޯޅަ، ސްވިމިންގ، ބެޑްމިންޓަން، އެތުލެޓިކްސް އަދި ބާސްކެޓް ބޯލް އެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ އެސޯސިއޭޝަންގެ ނަންބަރު 7939944 އަށް ގުޅުމަށް އެސް-އޯ މޯލްޑިވްސްއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!