ކޯވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ ގައުމަށް އެތެރެވާ މީހުން ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވިގޮތުގައި މި ނިންމުމަށް އަމަލުކުރަން ފަށާނީ، މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން އެ ގައުމަށް ދަތު...
އައިޝަތު ނަސާޔާ
ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ...
ޙުސައިން ޝަހުދީ
ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ...
ޝިއުނާ އާދަމް
އަޕަރ ނޯތް ޕޮލިސް ރީޖަން ( ހއ، ހދ ، ށ) ގައި ހިމެނޭ ރަށަކުން ފިރިހެން ކުއްޖަކާއި މެދު އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މި މައްސަލާގައި އިހުމާލު ވެފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް […]
އައިޝަތު ނަސާޔާ
ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިގޮތުން އިއްޔެ ހަވީރު ވެސް [...
އަލީ އާދިލް
އެޑިޔުކޭޝަނަލް ލީޑާސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) ގެ ރައީސަކަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އިންތިޙާބު ކޮށްފިއެވެ. އީލާމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ތޯހާ އިންތިޙާބު ކޮށްފައި މިވަނީ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބުދަދުވަހުގެ ރޭ ބޭއްވި އީލާމްގެ އާންމު ޖަލްސާގައެވެ. އެގޮތުން 2022 އިން 2024 އަށް އީލާމްގެ ރައީސްގެ މަޤާމަށް ތޯހާ ހޮވިފައި ވާއިރު […]
އައިޝަތު ނަސާޔާ
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...
ޔުމްނާ ޢަލީ
ކްއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކެމްޕޭނެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކެމްޕެއިން ކުރިއަށް ދާނީ 06 ޖެނުވަރީ 2022 އިން 06 ފެބްރުއަރީ 2022 އަށެވެ. އެގޮތުން މި ކެމްޕެއިނަކީ ފްރާންސް އަދި ރާއްޖޭގެ އިޝްތިހާރުތައް ކުރުމަށް އެމްއެމްޕީއާރުސީއިން ފްރާންސް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި މިހަރަކާތުގެ ދަށުން ރާއްޖޭގެ މަ...
އައިޝަތު ނަސާޔާ
މާލެ ސިޓީ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާ ނައިޓްމާކެޓްތައް ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން ފޮނުވާފައިވާ ސިޓީއަކާއި ހަވަލާދީ މާލެ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭއިން މިގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން ދާތީ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ފެންނަމުންދާ ކޮވިޑް-19 ގެ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖެއިން މި...
އައިޝަތު ނަސާޔާ
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރަމުންދާ “މެކުނު” ނަމަކަށް ކިޔާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފްއިން ބުނީ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް އަރާފައިވާކަމަށެވެ. މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލ...
އިބްރާހިމް އަސްވާޤް
ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 11 މީހަކު ދޫކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު ވިދާޅުވީ، އެ އެންމެން ވެސް ދޫކޮށްލައިފިއެވެ. ރޭ ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ. Inshaa Allah maadhamaa ves India military out govan maguthakah […]
ޔުމްނާ ޢަލީ
ޕީއެމްއާއި ޕީއެންސީން މިއަދު ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ. އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް […]
އިބްރާހިމް ޚަލީލް
ރަށްރަށުގައި ސަރުކާރުން އެކިއެކި ތަރައްގީގެ މަޝްރޫޢޫތައް ކުރިއަށްގެންދާއިރުގައި، އެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުން ބޭނުންވާ ގޮތެއް އޮތް ކަމަށްވަންޏާ، އެކަމެއް ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންގެ އަޑުއަހައި، އެ ގެންނަންޖެހޭ ބަދަލެއް ގެނެސް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެކަން ކޮށްދޭންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ނ. ލަންދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައި، އިއްޔެ މެ...
ޙުސައިން ޝަހުދީ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ. އޭސީސީ ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ […]
ޔުމްނާ ޢަލީ
މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ “އަލަމާ-5” ދޯނިން ގެއްލުނު މީހުންގެ ތެރެއިން 2 މީހުން ފެނިއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި މި 2 މީހުން ފެނިފައިވަނީ މިއަދު ހެނދުނު 06:50 ހާ އިރުއެވެ. އަދި މި 2 މީހުން ފެނިފައިވަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ، ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. […]
އައިޝަތު ނަސާޔާ