އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ.
އެ މީހާ ގެއްލުނީ 15 ޖަނަވަރީ 2022 ވަނަ ދުވަހު އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ހޯދުމަށްފަހު ނަގާފަކަމަށެވެ.
އެ މީހާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެއީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.
މި މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު އިއްޔެއިން ފެށިގެން ދިޔައީ ހަރަކާތްތެރި ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!