ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓްރޮފީ "ކަމްބެކާސް" އިން އުފުލާލައިފިއެވެ.

މިއީ "ކަމްބެކާސް"އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ އަހަރެވެ.

Ad
rt

"ކަމްބެކާސް"އިން ޗެމްޕިއަންކަން ހޯދާފައިވަނީ، ފޯރިގަދަ ކުޅުމަކަށްފަހު، ފައިނަލުގައި "ހަމަކިރިޔާ"އާ ދެކޮޅަށް ކުޅެ، 7-9ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މުބާރާތުގެ ރަނަރއަޕްޓީމަކީ "ހަމަކިރިޔާ"އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ނޫމަރާ ކައުންސިލުން ހުށަހަޅާފައިވާ ޖުމްލަ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޝީލްޑް އަދި މެޑަލް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި "ކަމްބެކާސް"އާ ޙަވާލުކޮށްފައިވެއެވެ.

ނޫމަރާ ކައުންސިލުން އިންތިޒާކޮށްގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކޮށްފައިވަނީ ފާޠިމަތު ނައުހާއެވެ. ނައުހާ ވަނީ މި މުބާރާތުގައި ޖުމްލަ 15 ގޯލު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ރުޙާ ޙަސަން ހޮވިފައިވާއިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމް ޙާޞިލްކޮށްފައިވަނީ އާއިޝަތު އާއިދާއެވެ.

މީގެ އިތުރުން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ސްޓްރައިކާސް ޓީމަށް 9 ގޯލު ކާމިޔާބުކޮށްދިން އާއިޝަތު ނިޔާޒާ، ހަމަކިރިޔާގެ ރައުހާ ހަސަން، ސަރާ ސަމީމް އަދި އިޝާ އަބްދުލްހަންނާންގެ އިތުރުން ކަމްބެކާސްގެ އާމިނަތު ނޫރާ، އާއިޝަތު ސިޔާދާ އަދި ކަމްބެކާސްގެ ކީޕަރު އާއިޝަތު އާއިދާ އެވެ.

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލްގެ ފައިނަލްގައި މިރޭ ބައްދަލު ކުރާނީ ކަތިރިއަންސް އާއި ކޭލި އެވެ.