ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިން ފުރިހަމަކޮށްފައިވާތާ 14 ދުވަސްވީ މީހުން ޕީސީއާރު ޓެސްޓާއި ނުލައި ރާއްޖެއާދެވޭގޮތަށް ހަދައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކޯވިޑު-19 އާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސްފައެވެ.
މިގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ކޯވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 (ސާދަ) ދުވަސް ވެފައިވާ ފަރާތްތައް ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އުތުރުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖޭން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭގޮތަށް ވެސް ވަނީ ލުއިދީފައެވެ.
މި ބަދަލުތަކަށް އަމަލުކުރަން ނިންމާފައި ވަނީ މާދަމާއިން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!