މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 771 ވަނަ ޞަފްޙާ

އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަން އެންމެފަހު ވަގުތަކީ، މާދަން ހަވީރު 6 ޖަހަންދެން

އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަން އެންމެފަހު ވަގުތަކީ، މާދަން ހަވީރު 6 ޖަހަންދެން

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ. ޒަކާތް އޮންލައިންކޮށް ދެއްކޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް...

އަލީ އާދިލް
ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި

ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި

ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި އެވެ. ކަސްޓަމްސް އިން އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކުރީ މިޔަދު އެވެ. އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯވެލް އިމްތިހާނު މަދުވެގެން ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 5،000 ރުފިޔާ އެވެ. މީގެ އިތުރުން ނޮން ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް (1,750 ރުފިޔާ) އަދި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް […]

ޔުމްނާ ޢަލީ
ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތުގައި 1,500އަށްވުރެ ގިނަ މީހުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި

ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތުގައި 1,500އަށްވުރެ ގިނަ މީހުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި

ކާމިޔާބު ނެޓްވޯކިން ސެޝަންތަކާއި، ގިނަ ބައްދަލުވުންތަކަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި އިންޑަސްޓްރީ ޕާޓްނަރުން ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތް ނިންމާލިއިރު 1,500 އަށްވުރެ ގިނަ މީހުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ބްރެޒިލްގެ ސައު ޕައުލޯގައި ކުރިއަށްދިޔަ މިފެއާއަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގ...

އަލީ އާދިލް
ޖަލުގައި އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ލަމްހާގެ ޝަކުވާ

ޖަލުގައި އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ލަމްހާގެ ޝަކުވާ

ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ޖަލުގައި އެހީތެރިކަމެއް ދޭނެ މީހަކު ނެތް ކަމަށް ބުނެ އޭނާ ކޯޓުގައި ޝަކުވާކޮށްފި އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ރާއްޖޭގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލީ ކަމަށެވެ. […]

ހުސައިން ހަބީބް
ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ޅ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވެއެވެ. https://twitter.com/NDMAmv/status/1519360787285823489?s=20&t=b0EXh7TJK_EFRd4PYP3xqg ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު...

އިބްރާހިމް އަސްވާޤް
ބޮލަކަށް 274.86 ރުފިޔާގެ މަގުން، ޖުމްލަ 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ޖަމާކޮށްފި

ބޮލަކަށް 274.86 ރުފިޔާގެ މަގުން، ޖުމްލަ 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ޖަމާކޮށްފި

ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ބޮލަކަށް 274.86 ރުފިޔާގެ މަގުން، 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބި 4 ޕާޓީގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. ފިނޭންސް މިނިސްޓްރީން އެމްޑީޕީއާއި، ޕީޕީއެމް އަދި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޕީޕީއެމްއަށް […]

އަލީ އާދިލް
އެމްޑީޕީ ހިންގާލަން، މިނިސްޓަރ ނަސީމްވެސް ފައްޔާޒާއި އެކު

އެމްޑީޕީ ހިންގާލަން، މިނިސްޓަރ ނަސީމްވެސް ފައްޔާޒާއި އެކު

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބުގައި، މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އިޢުލާން ކުރައްވައިފި އެވެ. ފެށުނީން ސުރެއް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ނަސީމް މިކަން އިޢުލާން ކުރެއްވީ މިނިސްޓަރ ފައްޔާޒް އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވިޓުގައި މިނިސްޓަރ […]

ޔުމްނާ ޢަލީ
އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު (ނަމްބަރު:2022/2) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސް، މި ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިއަދު ވަނީ މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އިލެކްޓްރޯނިކް މުޢާމަ...

ޔުމްނާ ޢަލީ
ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވެމުންދާ އަދަދު އިތުރުވަމުންދާތީ ސަމާލުވާން އެދެފި

ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވެމުންދާ އަދަދު އިތުރުވަމުންދާތީ ސަމާލުވާން އެދެފި

މާލެއާއި އަތޮޅުތެރޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ، (އެޗް.ޕީ.އޭ) އިން އިލްތިމާސްކުރައްވައިފިއެވެ. އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުނ...

އަލީ އާދިލް
މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. މަނަދުއާއި ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މަނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕ...

އަލީ އާދިލް
"ރަސްމީ ބަހަކީ ވެސް އަދި ޤައުމީ ބަހަކީ ވެސް ފަޚުރުވެރި ދިވެހިބަސް"

"ރަސްމީ ބަހަކީ ވެސް އަދި ޤައުމީ ބަހަކީ ވެސް ފަޚުރުވެރި ދިވެހިބަސް"

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން މި މަހުގެ 24 ވަނަ ދުވަހު ވިދާޅުވުމުން ބަހާއި، ޤައުމިއްޔަތުގެ ލޯބިން އުތުރިއަރާ އެތައް ހިތްތަކެއްގެ ޝުޢޫރުން މީސްމީޑިއާ ބަންޑުންވަމުންދާތީ ފެނުނެވެ. އޭގެ ތެރެއިން  ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަދި އެވިޑް ކޮލެޖްގެ […]

ޝިއުނާ އާދަމް
ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ

ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ފަސްޓްލޭޑީ ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން”ގެ ފޮތުގެ 4 ވަނަ ޗާޕު މާދަމާއިން ފެށިގެން ދިވެހި ބަހުގެ އެކަޑަމީން ގަންނަން ލިބެންހުންނާނެ ކަމަށް އެ އެކަޑަމީން ބުނެފިއެވެ. މާދަމާއިން ފެށިގެން މި ފޮތް ވިއްކަނީ އެ ފޮތަށް ބައެއް އިސްލާޙްތައް ގެނައުމަށް ފަހުގައެވެ. ދިވެހިވަހުގެ އެކަޑަމީން ބުނީން މާދަމާއިން ފެށިގެން މި ފޮތް އެ އެކަޑަމީން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށާއި […]

ޔުމްނާ ޢަލީ
މެންބަރު އިކްރާމް ދެއްކެވީ، ވަރަށް ނުރައްކާތެރި ވިޔާނުދާ ވާހަކަފުޅެއް: ޝާޢިރުންގެ ވާދީ

މެންބަރު އިކްރާމް ދެއްކެވީ، ވަރަށް ނުރައްކާތެރި ވިޔާނުދާ ވާހަކަފުޅެއް: ޝާޢިރުންގެ ވާދީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅަކީ، ވަރަށް ނުރައްކާތެރި ވިޔާނުދާ ވާހަކަފުޅެއްކަމަށް ޝާޢިރުންގެ ވާދީ އިން ބުނެފި އެވެ. އެޖަމްޢިއްޔާގެ ފަރާތުން މިހެން ބުނެފައިވަނީ، މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅު ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ވަނީ، ރާއްޖޭގެ ރަސްމީބަހެއްގެ ގޮތުގައި އިނގިރޭސިބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުއިވެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް ރައްޔިތުންގެ...

އަލީ އާދިލް
2023 ގައި އެމްޑީޕީގެ ވެރިކަމެއް ހޯދަން، ރައީސް ނަޝީދު ކުރިމަތިލައްވަނީ

2023 ގައި އެމްޑީޕީގެ ވެރިކަމެއް ހޯދަން، ރައީސް ނަޝީދު ކުރިމަތިލައްވަނީ

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން، އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ އިއުލާނުކުރައްވައިފިއެވެ. ނަޝީދުގެ ކޮއްކޯފުޅު، އީވާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު އިމްތިޔާޒު ފަހުމީގެ ކެމްޕޭނު “ތިލަފަތުގެ ރަމްޒު” ޓީމުން ކުޅުދުއްފުށީ ގެ އެމްޑީޕީ މެންބަރުންނާއިއެކު...

އަލީ އާދިލް
މޭރީގެ މަރުގެ ކުރިން "ހައު ޓު ނޮކް ސަމްވަން އައުޓް" ލިޔެފައި މާވިން ފޯނުން ސާޗްކުރި

މޭރީގެ މަރުގެ ކުރިން "ހައު ޓު ނޮކް ސަމްވަން އައުޓް" ލިޔެފައި މާވިން ފޯނުން ސާޗްކުރި

ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލިކަމުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން، މީހަކަށް ހަމަލާދޭނެ ގޮތެއް ބަލަން ފޯނުން ސާޗްކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ “ހައު ޓު ނޮކް ސަމްވަން އައުޓް” ލިޔެފައި […]

ހުސައިން ހަބީބް