މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 770 ވަނަ ޞަފްޙާ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ ބުރަކޮށް މަސައްކަތްކުރާ ދިވެހީންނަށް ދޭންވީ ވަގުތުކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ޕާޓީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަކީ ގައުމުގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތަބައީ މުއްސަނދިކަމުން ލިބޭ މަންފާގެ ބޮޑުބައި ޒަމާނުއްސުރެން ނަގަމު...

އަލީ އާދިލް
"މިއީ އެކި ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރު އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް"

"މިއީ އެކި ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރު އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް"

ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނެވިކަން ޢިއުލާން ކުރެއްވުމަށް މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރ...

ޙުސައިން ޝަހުދީ
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އިއުލާނުކުރައްވައިފިއެވެ. އެކަން ޢިއުލާން ކުރެއްވުމަށް ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވ...

ތިލަދުން
"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"

"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"

މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ކަމަށެވެ. އަދި ދ...

ޝިއުނާ އާދަމް
މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ. މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ. ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފު...

އަލީ އާދިލް
ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ

ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ

މާދަމާ އަކީ 1443 ވަނަ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ […]

އަލީ އާދިލް
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ “ޕޮލިސް ރެކްރޫޓް” ގެ މަޤާމަށް މީހުން ހޯދުމަށެވެ. މި މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، ފުރަތަމަ ޝަރުޠަކީ، ސާނަވީ […]

ޔުމްނާ ޢަލީ
ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި މަހުގެ 26 ވަނަ ދުވަހު ފުލުހަށް ހުށައެޅި އެ މައްސަލައަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއަށް އަނިޔާކުރި […]

ޔުމްނާ ޢަލީ
ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް […]

އަލީ އާދިލް
ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ފޯރަމަކީ މި އަހަރުގެ އެންމެ ފަހު ފޯރަމް އެވެ. އަދި އެ ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި، އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ. ރޭގެ މައުޟޫއަކީ ”އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި” އެވެ. މި މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން...

ޝިއުނާ އާދަމް
އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

ފެލިދެއަތޮޅު (ވ. އަތޮޅު) އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ. ވ. އަތޮޅު ކައުންސިލްގެ ހަ މެންބަރެއްގެ ވޯޓުން ފާސްކޮށްފައިވާ މި ގަރާރުގައި ބުނެފައި ވަނީ އެ އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ހުޅިދޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން “އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް”އަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ. އަދި އަންބަރާއަކީ މިނިސްޓްރީ އޮފް ޓޫރި...

އަލީ އާދިލް
އެމްޑީޕީގެ ޝަކުވާ ކޮމިޓީން ނިންމި ނިންމުންތައް ޤަވާޢިދާއި ޚިލާފް: ފައްޔާޒުގެ ކެމްޕެއިން ޓީމް

އެމްޑީޕީގެ ޝަކުވާ ކޮމިޓީން ނިންމި ނިންމުންތައް ޤަވާޢިދާއި ޚިލާފް: ފައްޔާޒުގެ ކެމްޕެއިން ޓީމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ގުޅޭގޮތުން ޝަކުވާ ބަލާ ކޮމިޓީން، އެ ޕާޓީން އާންމުކޮށްފައިވާ ގަވައިދުތަކާއި އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ނިންމުންތަކެއް ނިންމައިފައިވާކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމް، ހިންގާލަން ކެމްޕެއިން ޓީމުން ބުނެފިއެވެ. ހިންގާލަން ކެމްޕެއިން ޓީމުން މިހެން ބުނެފައި ވަނީ، އެ ޓީމްގެ ކެންޑިޑޭޓު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތަސައްވަރު ކިނލަބުކޮށް އެމްޑީޕީގެ މެމްބަރު...

އަލީ އާދިލް
ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި ފަޔާގެ ނަން ފާހަގަ ކުރަން: ގަޕޯ

ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި ފަޔާގެ ނަން ފާހަގަ ކުރަން: ގަޕޯ

މި ިސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)ގެ ނަން ފާހަގަ ކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ފަޔާއަށް ތާއީދުކުރައްވައި ވީޑިއޯ މެސެޖެއްގައި ގަޕޯ ވިދާޅުވީ، ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަޤާމަށް މީހަކު ހޮވާއިރު ވޯޓު ދޭންޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އަދި އެއީ ވަކި މީހެއް ވީމައި ދޭންޖެހޭ ވޯޓެއް ނޫން ކަމަށާއި، ނުވަތަ ވަކި މީހެއް ބުނެގެން ދޭންޖެހޭ ވޯޓެއް […]

އަލީ އާދިލް
ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ދެނެގަތުމުގެ ހަރަކާތެއް ފުލުހުން ފަށައިފި

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ދެނެގަތުމުގެ ހަރަކާތެއް ފުލުހުން ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް އިން ރާއްޖޭގެ ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މި ހަރަކާތް ކުރިއަށް ދާނީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ […]

ޝިއުނާ އާދަމް
"ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނެ"

"ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނެ"

ދިވެހި ރާއްޖޭގައި ޓީޓީ ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ “ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022″ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާއި ބައްދަލުކުރައްވާފައެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައ...

ޔުމްނާ ޢަލީ