1443 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫ ކައުންސިލުން ބާއްވާ ކައުންސިލްކަޕްގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
އެގޮތުން ސްޕޮންސަރ ކުރެވޭނެ ކެޓަގަރީތަކަކީ ޓައިޓްލް ސްޕޮންސަރ 20 ހާސް ރުފިޔާ، މެއިން ސްޕޮންސަރ 15 ހާސް ރުފިޔާ، ކޯރ ސްޕޮންސާ 13 ހާސް ރުފިޔާ އަދި ސްޕޮންސަރ އަ ބޯޑް އެއްހާސް ރުފިޔާގެ ކެޓަގަރީއެވެ.
މި މުބާރާތް ސްޕޮންސަރ ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 15 ޖޫން 2022 ގެ ކުރިން ނެއްލައިދޫ ކައުންސިލުގެ އީމެއިލް އެޑްރެސް info@nellaidhoo.gov.mv އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520041 ނަންބަރު ފޯނަށް ގުޅުއްވުމުން މައުލޫމާތު ފޯރުކޮށްދެވޭނަ ކަމަށް ކައުންސިލުގެ އިޢުލާނުގައި ބަޔާންކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!