ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެ...
މުޙައްމަދު އަފްރާޙް
ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) އައްޔަން ކުރައްވައިފި އެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ އެކަން ހާމަކޮށްފައިވަނީ ރާއްޖޭގެ “ސަން އޮންލައިން” ގަ އެވެ. އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލެއްވުން އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވުމަށް ވެސް ސްރީ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާއިރު، މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝިދު އެމެރިކާއަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކަމަށެވެ. މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (...
މުޙައްމަދު އަފްރާޙް
ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަސާސީ ހަމަހަމަކަމާއި މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު ބައިތައް ކަމަށެވެ. ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވަނީ ރާއްޖެއަ...
މުޙައްމަދު އަފްރާޙް
ޑެންގޫ ހުން ޖެހިގެން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ ރ. ދުވާފަރަށް ނިސްބަތްވާ އަތޫފް އަހްމަދު އެވެ. ދުވާފަރު ކައުންސިލް އިދާރާގައި އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އަތޫފް ނިޔާވެފައި ވަނީ، އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޑެންގޫގެ ބިރުވެރިކަން ދުވާފަރުގައި އެބައޮތް ކަމަށާއި، މިއީ ޑެންގޫ ޖެހިގެން މިފަހުން ނިޔާވި ދުވާފަރަށް ނިސްބަތް ދެވަނަ މީހާ ކަމަށް އެރ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ހުށަހެޅި އިސްލާހަށް މަޖިލީހުން ނޫނެކޭ ބުނެފި އެވެ. މި އިސްލާހު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އުޝާމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 36 މެންބަރުންގެ ތެރެއިން ފަސް މެންބަރުން ނެވެ. ބާކީ ތިއްބެވި 31 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ބަލައިނުގަތުމަށެވެ. މިދިޔަ ޖުލައި މަހު އުޝާމް ހުށަހެޅުއްވި […]
މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...
މުޙައްމަދު އަފްރާޙް
އއ. މާޅޮހު ދެކުނުން ބަންޑުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ/ މިންހާ, މުޙައްމަދު މިންހާޖު ހޯދުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުއްޓާލައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިންހާޖު ހޯދަން ކުރިއަށްގެންދިޔަ ސާޗް އެންޑް އޮޕަރޭޝަން ރެސްކިއު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި އިއްޔެ ވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 […]
މުޙައްމަދު އަފްރާޙް
ނުހިންގާ ނޫސްތަކާއި މުވައްސަސާތަކުގެ ނޫސްތަކަށް އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭގޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން އިންތިޚާބުކުރާ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނެސްފި އެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާގޮތުގައި އެ އުސޫލުގެ 13 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ ދަށުން އުފައް...
މުޙައްމަދު އަފްރާޙް
ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފި އެވެ. އުމުރުން 26 އަހަރުގެ އަރުޝަދު ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭން ނެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ 30 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ބުނެފައިވާއިރު، އެ އޮޕަރޭޝަންގައި ނުވަ […]
މުޙައްމަދު އަފްރާޙް
މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ. މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް […]
ހުސައިން ހަބީބް
ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނީ މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއް ކަމަށެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. “ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމ...
ޔުމްނާ ޢަލީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ...
ޔުމްނާ ޢަލީ
ސްވިޑްން އަންހެނަކާއި ދިވެހި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އަންހެން މީހާ ދިން 260،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގދ. ރަތަފަންދޫ މީހަކު އެ ފައިސާ ދައްކަން ޖެހުނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްވިޑްންގެ މީހަކު އޭނާއަށް ދީފައިވާ 17،000 ޑޮލަރުގެ މައްސަލާގަ އެވެ. އެ ދެ މީހުން ގުޅުނީ ފިރިހެން މީހާ ރިސޯޓްގައި އުޅެނިކޮށް އަންހެން […]
ހުސައިން ހަބީބް
އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމުން މިއަދުކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި، ޕީޕީއެމް އިން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔައީ މާލޭ މަސްމާރުކޭޓު ސަރަހައްދުގަ އެވެ. ފަރެ...
މުޙައްމަދު އަފްރާޙް