ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނީ މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއް ކަމަށެވެ.

Ad
rt

އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

"ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި" އެމްއެންޑީއެފުން ވިދާޅުވެފަ ވެއެވެ.

މިއަދު 02:15 ހާއިރު ފުލުހުން ވިދާޅުވީ، މ. ވޭވަށް ކައިރިން އެމީހާ ފެނިފައިވާކަމަށް މުލީ ކައުންސިލުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރެވޭ ކަމަށެވެ.