ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ.

އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއި ށ .ކޮމަންޑޫ، ފޯކައިދޫ، މާއުނގޫދޫ އެވެ. އަދި ނ. ކެނދިކުޅުދޫ އާއި ރ .އުނގޫފާރު ކ. މާފުއްޓަށް ވެސް ވަނީ ބިލިއާޑް ވަނީ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން އދ. ފެންފުށި، ދިއްދޫ އާއި މ. މުލައް، ދިއްގަރު އަދި ފ. މަގޫދޫ އަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ. އަދި ތ. ތިމަރަފުއްޓާއި މަޑިފުއްޓާއި ލ. ގަމާއި މާބައިދޫ އަދި ގއ. ވިލިނގިލި، ކޮލަމާފުށި، ދާންދޫ އާއި ގދ. ހޯނޑެއްދޫ އާއި ތިނަދޫ އާއި މަޑަވެއްޔާއި ސ. ހިތަދޫ އަދި ހުޅުމާލެ އަށް ވެސް ވަނީ ބިލިއާޑް ބޯޑޫ ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވީ މިއީ މުނިފޫހިފިލުވާ، ކުޅިވަރުކުޅެލުމަށް ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. މި ލިސްޓު އެކުލަވާލާފައިވަނީ އެކިގޮތްގޮތުން ރިކްއެސްޓުކޮށްފައިވާ ރަށްރަށާއި ޒުވާނުންގެ މަރުކަޒުތައް ވެސް ހުރި ރަަށްރަށް ބަލައިގެން ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ރަށްރަށުގައި ކުޅޭނެ ޖާގައޮތްނަމަ، ވީވަރަކުން އެކަހަލަ ކަންކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"ހަގީގަތުގަ ރަށްރަށުގަ މިކަހަލަ ކަންކަން ކޮށްލާނެ ފުރުސަތެއް ނެތް. ރޭގަނޑު ރަށުތެރޭގަ އެނބުރުން ނޫން ކަމެއް ނެތް. ކޮފީއެއް ބޯލާނެ ބައެއް ރަަށްރަށް އެބަހުރި މިހެންބުނާއިރު. އެހާލަތުވެސް ނެތް ވަރަށްގިނަ ރަށްރަށަށް އަޅުގަނޑަށްވެސް ދެވޭ. އެހެންވެ މިއީ އެފަދަ ރަށްރަށަށް ފަހިކޮށްދެވޭ ވަރަށްކުޑަ މިންވަރެއް." މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ވަނީ އުތުރުގެ މަޖިލިސް މެންބަރުންނާއިވެސް ބައްދަލުކޮށްފަ އެވެ.