އއ. މާޅޮހު ދެކުނުން ބަންޑުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ/ މިންހާ, މުޙައްމަދު މިންހާޖު ހޯދުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުއްޓާލައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިންހާޖު ހޯދަން ކުރިއަށްގެންދިޔަ ސާޗް އެންޑް އޮޕަރޭޝަން ރެސްކިއު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި އިއްޔެ ވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

Ad
rt

މި އޮކްޓޯބަރ މަހުގެ 7 ވަަނަ ދުވަހު މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން ފެނިފައިވާއިރު، ސަލާމަތްވި މީހާ ފެނިފައިވަނީ ފެރިދޫ ފުއްޓަރާ ދިމާއިން ނެވެ.

އެމްއެންޑީއެފް އިން ވަނީ ގެއްލުގެން ހޯދަމުންދާ މިންހާޖު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެދިފަ އެވެ.