އިޓްލޮސް ގެ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސާ ޕަޔަމް
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރޗުވަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދެ ޤައުމުގެ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ ހިސާބު ބަހާނެ...