ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިންގ ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވީ "ހުރަވީ ބިލްޑިން ހުރި ބިމުގައި ކުރަހަނީ 226 ސައިކަލުގެ ޕާކިން ޒޯނެއް" ކަމަށެވެ.

Ad
rt

މިކަމާއިގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ (ނަންނަ) ވިދާޅުވީ އެއްވެސް ޒޯނެއްގައި ޕާކުކުރާ ސައިކަލު ނުވަތަ ދެފުރޮޅުލީ އުޅަނދުތަކުން ފީ އެއް ނެގުމަށް މިހައިތަނަށް ނިންމާފައި ނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގ ގެ މައްސަލަ ހައްލުކުރުމަށް އިތުރު، ޕާކިންގ ޒޯނުތައް ހެދުމަށް މަޝްވަރާ ކުރައްވަމުން ގެންދަބާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕާކިންގ ޒޯނުތައް ވެސް ހަދާނެ ކަމަށެވެ.

"މިހާރު ޕާކިންގ ޒޯނެއް ހަދާއިރު، މާލޭގައި މިނީ ބަހުގެ ހިދުމަތް ވެސް ދޭތީ، އެ ބަސްތައް ދަތުރުކުރުމަށް ދަތިނުވާގޮތަށް ހުންނަން ޖެހޭނީ. އެހެންވެ، އެ މަސައްކަތް ކުރިއަށްދާނީ އެކަމަށް ވެސް ވަރަށްބޮޑަށް ސަމާލުކަން ދީގެން." ނަންނަ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެ މަސައްކަތް ކުރަމުން އަންނައިރު، ހުރަވީ ބިލްޑިން ތަޅާލާ އެ ބިން ސާފު ކުރުމަށްފަހު އެތަނުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށާއި، މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމައި، އެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހު އެވެ.