މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި ކަމަށް "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައި ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެ ރިޕޯޓުގައި ވިދަޅުވެފައިވަނީ މިއަހަރުގެ މިހައިތަނަށް 1,317,573 މިލިއަން ފަތުރުވެރިން، ރާއްޖެއަސް ވަނީ އައިސްފަ އެވެ.

Ad
rt

އެންމެގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިން ކަމަށާއި އެ ގައުމުން ރާއްޖޭގެ މާކެޓުގެ 14.1 ޕަސެންޓް ހިއްސާކުރަމުން އަންނަކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އަދި ދެވަނައަށް އެންމެގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާ އިން ކަމަށާއި އެގޮތުން ރާއްޖޭގެ މާކެޓުގެ 12.1 ޕަސެންޓު ހިއްސާކުރަމުން ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ރަޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން މިހާރަށް ވުރެ ވެސް އިތުރުވާނެކަމަށް ވެސް ވަނީ އަންދާޒާކުރައްވާފަ އެވެ. އެއީ ކުރިއަތް އޮތީ ފިނި މޫސުން ކަމަށް ވާތީ އެވެ.ރ

މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،250 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ކަމަށް އެ ރިޕޯޓުން ދައްކާއިރު، އެ ފަތުރުވެރިން އެވްރެޖުކޮށް ހަތް ދުވަހާއި އަށް ދުވަސްރާއްޖޭ ގައި ހޭދަކުރާ ކަމަށް ވެސް ދައްކަ އެވެ.

މި އަހަރު މިހައިތަނަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1,321,932 ފަތުރުވެރިން ރާއްޖެއަށް އައިއިރު، 2020 ވަނަ އަހަރު ރާއްޖެއަށް އައީ 555،494 ފަތުރުވެރިން ނެވެ. އަދި 2019 ވަނަ އަހަރު 1،702،887 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެއަށް ގެނައުމެވެ.