ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ދެކޮޅަށް ކުރީގެ ފިލްމީތަރި އަސްއަދު ޝަރީފް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ކުރީގެ ފިލްމީތަރި އަދި މިހާރު ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ އަސްއަދުގެ އިތުރުން ވަކީލް އިބްރާހިމް ރަމީޒްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިއަހަރުގެ ބަޖެޓް އިތުރުކުރަން ފާސްކުރި 5.8 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލާގަ އެވެ.
އެ މައްސަލާގައި އެދިފައި އޮތީ އަމީރު ގާނޫނާ ޚިލާފްވި ކަމަށް ނިންމައި ދިނުމަށެވެ.
އެ މައްސަލަ ހުށަހެޅީ ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން އެދުމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓަކީ އެ އަހަރަކަށް އޮންނަ އަސްލު ބަޖެޓުން ނުފުދޭނަމަ ދުރާލާ ފާސްކުރަންޖެހޭ ބަޖެޓެކެވެ.
މިފަހަރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!