މާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދޭން ފަށައިފި
މާލޭގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަޚަމްވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު މެންދުރު 12:21 ގައެވެ. ”މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލްގައި...