މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 657 ވަނަ ޞަފްޙާ

މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް: ޔުމްނާ

މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް: ޔުމްނާ

ށ. މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ ވަނީ މި ހަފްތާ ބަންދުގައި މިލަންދޫ އަށް ވަޑައިގެންފައެވެ. އެއީ ހުކުރު ދުވަހުގެ ރޭ މިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެކިގޮތްގޮތުން ދިގު މުއްދަތަކަށް އެރަށަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދިން ފާށަނާ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެރަށު ކައުންސިލްގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. އެ...

ޙުސައިން ޝަހުދީ
ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ

ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ

ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާ އިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ނިޝާމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، ނިޝާމާ، އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ […]

މުޙައްމަދު އަފްރާޙް
ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށް ރައީސަށް ދަންނަވައިފި

ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށް ރައީސަށް ދަންނަވައިފި

ގއ. ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުމަށާއި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުމަށް ބޭނުންވާކަމަށް ދާންދޫ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހު ދަންނަވައިފި އެވެ. އެ ކައުންސިލުން މިހެން ދަންނަވާފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އެރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއެކު މިއަދު ބޭއްވެވި މަޝްވަރާގަ އެވެ. މި ބައް...

މުޙައްމަދު އަފްރާޙް
އެމްއެންޑީއެފުން އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އެމްއެންޑީއެފުން އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ފެށި އޮޕަރޭޝަނެއް ކަމަށެވެ. “އޮޕްސް ހަޅަ” ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ...

މުޙައްމަދު އަފްރާޙް
ކުރިމަގުގައި ވެސް އިޖުތިމާއީ ރޮނގުން ހިދުމަތް ކުރުމުގައި ދެމި ހުންނާނަން: ނައިބު ރައީސް

ކުރިމަގުގައި ވެސް އިޖުތިމާއީ ރޮނގުން ހިދުމަތް ކުރުމުގައި ދެމި ހުންނާނަން: ނައިބު ރައީސް

ރާއްޖޭގެ މުޖަމައުގައި ހުންނަ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށް އެންމެން އެކުގައި ވިސްނުން ބަދަލުކުރުމަށް ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ޗެނަލް، ޓީވީއެމް އިން ގެނެސްދޭ “ހޭޔަންބޯ” ގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނައިބު ވިދާޅުވީ ކަންކަމުގައި ހިޔާލު ތަފާތުވާ މީހުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބުރަބަސްތައް ރައްދުކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެކަމުން ދުރުހެލިވެ، ދިވެހިން އ...

މުޙައްމަދު އަފްރާޙް
20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވައިފި

20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. އެކަން ހާމަކުރެއްވީ، ރައީސް ޞާލިޙްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައެވެ. ނާޝިޒް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް، 20 ހާހަށް ވުރެގިނ...

ޔުމްނާ ޢަލީ
އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ

އަވަށްޓެރި އިންޑިއާއަށް އެތެރެވާއިރު، ކޯވިޑު ޓެސްޓު ހަދަންޖެހޭގޮތަށް އަނެއްކާވެސް ހަމަޖައްސައިފި އެވެ. އެގައުމުން މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ކޭސްތައް އެގައުމުގައި އަނެއްކާ ވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އައު ގައިޑްލައިނެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އައު ގައިޑްލަ...

މުޙައްމަދު އަފްރާޙް
ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި

ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި

ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް

ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް

މި ސަރުކާރުގެ ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރަށްރަށުގެ ބަނދަރު ހެދުމާއި، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވައިލުމަ...

ޔުމްނާ ޢަލީ
ގައުމު ''ފެލައިލީ'' ކޮންބައެއްކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ޔާމީން

ގައުމު ''ފެލައިލީ'' ކޮންބައެއްކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ޔާމީން

ހަގީގަތުގައި ގައުމު ފެލައިލީ ކޮންބައެއްކަން ދެން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށްދެއްވާނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. “ފެލާލައިފި” ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ވެސް ވަނީ ”ފެލާލައިފައި” ކަމަށެވެ. އަދި އެހިސާބުން ފެށިގެން ރައްޔިތުންގެ މައުސޫމްކަން ވެސް ވަނީ ”ފެލާލައިފައި”...

ޔުމްނާ ޢަލީ
''މަސްވެރިންނަށް ޖެނުއަރީން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ، ދެ ހަފްތާ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ''

''މަސްވެރިންނަށް ޖެނުއަރީން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ، ދެ ހަފްތާ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ''

ދިވެހި މަސްވެރިންނަށް އަންނަ ޖެނުއަރީ 1 އިން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސާނެކަމަށާއި، އަދި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާނެ ކަމަށް ރައީސް ބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެ...

ޔުމްނާ ޢަލީ
ރައީސް ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސް ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކުރަށްވާގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ، ގއ. ދާންދޫ އަށެވެ. އެއަށްފަހު، ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ،  ގއ. ނިލަންދޫ އަދި މާމެންދޫއަށެވެ. ރައީސްގެ މި ދަތުރުފުޅުގައި މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިމިފައިވުމުން، ޚިދުމ...

ޔުމްނާ ޢަލީ
ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، އޭގެ މާނަ އޮޅުންފިލުވާ ބައެއް ކަމަށެވެ. ނައިބު ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމާއި އިސްލާމީ ތައ...

މުޙައްމަދު އަފްރާޙް
އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އެބަހުރި: ހުތުބާ

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އެބަހުރި: ހުތުބާ

އިސްލާމީ އުންމަތާ މިއަދު ދިމާވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން، އިސްލާމީއުންމަތުގައި އެބަހުރި ކަމަށް މިއަދުގެ ހުކުރު ހުތުބާ ގައި ވިދާޅުވެއްޖެ އެވެ. “އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އިސްލާމީ ދަ...

މުޙައްމަދު އަފްރާޙް
ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން

ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެހެންވެ، އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ހަފުތާއެއްގައި ބާއްވާ ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ އެ މައްސަލައަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއް ކަމަށާއި އެ ރެކޮމެންޑޭޝަނ...

މުޙައްމަދު އަފްރާޙް