ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީސީއެމް އިން ބުނީ ފައިސާގެ އެހީތެރިކަން ފޮރުކޮށްދިނުމަށް، މާލޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން 46،327 ރުފިޔާ، ހަދިޔާކޮށްފައިވާ ކަމަށް ބުނެއެވެ.

ޕާކިސްތާން ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީ އެވެ. ބީސީއެމްގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދު އެވެ.

މިއީ މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބީސީއެމް އިން ވެދިން އެހީތެރިކަމެކެވެ.

މިއީ ބީސީއެމްގެ ފަރާތުން ބޭއްވި ޕާކިސްތާނީ ކަލްޗަރަލް ނައިޓާއި ހެޔޮ އެދޭ ފަރާތްތަކާއި ބީސީއެމްގެ މެންބަރުންގެ ފަރާތުން ދީފައިވާ ފައިސާގެ އެހީ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ އަންހެނުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ.