ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) މިއަހަރުގެ ރަމަޟާން މަހު އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފިއެވެ.
މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތްދުވަހު އެ ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކުރުމަށް ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ޝްޕެޝަލިސްޓް އޯ.ޕީ.ޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ދޭނީ ހެނދުނު 09:00 ން ހަވީރު 4 ޖަހަންދެން ކަމަށެވެ.
ލެބޯޓްރީގެ ޚިދުމަތްތަކަށް ބަލާއިރު، ހެނދުނު 08:00 ން ހަވީރު 5 ޖަހަންދެން ޓެސްޓްތައް ހަދައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓްތައް ހަދައިދޭނީ ރޭގަނޑު 8 ން 10 ޖެހުމާއި ހަމައަށް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގެ ހިދުމަތްތަކުގެ ތެރެއިން އަލްޓްރާސައުންޑް ސްކޭންގެ ހިދުމަތާއި ސީޓީ ސްކޭން ގެ ހިދުމަތް ދޭނީ ހެނދުނު 09:00 ން ހަވީރު 3 ޖަހަންދެން ކަމަށާއި އެކްސްރޭ ނަގައިދޭނީ ހެނދުނު 8 ން ހަވީރު 3:30 އަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ ރަމަޟާން މަހު އެމް.އާރް.އައި ނަގައިދޭނީ ހެނދުނު 08:00 ން ރޭގަނޑު 9 ޖަހަންދެން ކަމަށާއި ހެނދުނު 08:30 ން މެންދުރުފަހު 2:30 އަށް އީ.ސީ.ޖީ ގެ ހިދުމަތް ދޭނެ ކަމަށެވެ.
ހަމަމިއާއެކު ހެނދުނު 08:00 ން މެންދުރު 2:30 އަށް ޕިޒިއޯތެރަޕީ ގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ޓްރޯމާ އެންޑް އިމަރޖެންސީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!