މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 575 ވަނަ ޞަފްޙާ

ގާތުން ދޭ ކުއްޖަކު މަންމައާ ވަކިކޮށްފައި, ކުއްޖާ ހަވާލުކުރަން އަމުރެއް

ގާތުން ދޭ ކުއްޖަކު މަންމައާ ވަކިކޮށްފައި, ކުއްޖާ ހަވާލުކުރަން އަމުރެއް

ގާތުން ދޭންޖެހޭ ތުއްތު ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ ވަކިކޮށްގެން ބައްޕަ ގެންގުޅެނިކޮށް އެ ކުދިން މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މަންމަ އަށް ނާންގައި ބައްޕަގެ ގެއަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ މަންމައަށް ބައްދަލު ކުރެވޭނީ ބައްޕަ ބޭނުންވާ ގޮތަށް އެއްބަސްވެގެން ބައްޕަގެ ގޭގައި ހުރުމުން ކަމަށް އެންގި އެވެ. ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން […]

ހުސައިން ހަބީބް
ޗާގޯސް މައްސަލާގައި އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫން: އެމްއާރުއެމް

ޗާގޯސް މައްސަލާގައި އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫން: އެމްއާރުއެމް

ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އެ މައްސަލަ ނިމުނުގޮތާއިމެދު އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު ނިންމި ނިންމުން ހާމަކުރުމަށް ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަކުރާނެ: އީވާ

ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަކުރާނެ: އީވާ

އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން އައު ޕާޓީއެއް އުފައްދަން ނިންމާފަވާ ކަމަށެވެ. ‘’އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ’’ އީވާ ވިދާޅުވިއެވެ.

ޔުމްނާ ޢަލީ
ތަފާތު ކުރުމެއްނެތި އަދުލު އިންސާފުގެ ހައްގު ލިބިދޭންވާނެ: ނައިބު ރައީސް

ތަފާތު ކުރުމެއްނެތި އަދުލު އިންސާފުގެ ހައްގު ލިބިދޭންވާނެ: ނައިބު ރައީސް

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންސާފު ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދާ މިކޮންފަރެންސް ކުރިޔަށް...

މުޙައްމަދު އަފްރާޙް
އެމްޑީޕީއަށް ދެން ގެއްލޭނީ ވެރިކަން: އަމްރު

އެމްޑީޕީއަށް ދެން ގެއްލޭނީ ވެރިކަން: އަމްރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެން ގެއްލޭނީ ވެރިކަން ކަމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ/އެމްޑީ ހުސެން އަމްރު ވިދާޅުވެއްޖެއެވެ. އެންޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އިސްބޭފުޅުން ތަކެއް މިއަދު ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހިމެނޭހެން ރައްޔިތުންގެ މަޖިލިސްގެ 12 މެންބަރަކު ވެސް ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައެވެ. މިކަން މިހެން ހިނގާފައި ވަނިކޮށް އަމްރު […]

ޔުމްނާ ޢަލީ
ނަޝީދު ފެކްޝަންގެ އިސްބޭފުޅުން ތަކެއް އެމްޑީޕީން ވަކިވެއްޖެ

ނަޝީދު ފެކްޝަންގެ އިސްބޭފުޅުން ތަކެއް އެމްޑީޕީން ވަކިވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު އިސްވެ ހިންގަވާ ”ފިކުރެއްގެ ދިރުން”ގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. ނަމަވެސް ރައީސް ނަޝީދު ޕާޓީ ދޫކޮށްނުލައްވާ ކަމަށްވެއެވެ. މި ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އ...

ޔުމްނާ ޢަލީ
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާގެ ޚަބަރެއް މި މޭ މަހުގެ […]

މުޙައްމަދު އަފްރާޙް
ސްޓޭޓް މިނިސްޓަރުކަމުން މުގުނީ ވަކިކޮށްފި

ސްޓޭޓް މިނިސްޓަރުކަމުން މުގުނީ ވަކިކޮށްފި

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ. މުގުނީ ކުރި ޓުވީޓެއްގައި ރައީސް ސޯލިހަށް ވަގަށް ގޮވި މައްސަލާގައި މީގެ ދެ ދުވަސްކުރިން އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފަ އެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ. މުގުނީ މަގާމުން ވަކިކުރިކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގްރޫޕަށް މިއަދު 11:14 ގައި މުގުނީ […]

ޔުމްނާ ޢަލީ
ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

މި ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާއި، އެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ ” ގޯލްޑް 100 ގާލާ” ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ގޯލްޑް 100” އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. […]

ޔުމްނާ ޢަލީ
ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު އެތެރެކުރެވޭނީ އެތަކެތި ގެންގުޅެވޭނެ ފާމެއް ހުރެގެން: މިނިސްޓްރީ

ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު އެތެރެކުރެވޭނީ އެތަކެތި ގެންގުޅެވޭނެ ފާމެއް ހުރެގެން: މިނިސްޓްރީ

ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި މިހެން ބުނެފައިި މިވަނީ މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޕޯލްޓްރީ ފ...

މުޙައްމަދު އަފްރާޙް
އާޒިމް އަށް އެމްޑީޕީ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން

އާޒިމް އަށް އެމްޑީޕީ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން އިއްޔެ ނިންމައިފިއެވެ. އާޒިމްގެ މައްސަލަ ބެލުމަށްފަހު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އަލީ އާޒިމަށް އެމްޑީޕީއަށް އަލުން ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު […]

މުޙައްމަދު އަފްރާޙް
ސްޓޯރީޓެލަރސް ކޮންފަރެންސްގައި އެހީތެރިވާ ކުންފުނިތަކާއެކު އެމްއެމްޕީއާރްސީ އިން ސޮއިކޮށްފި

ސްޓޯރީޓެލަރސް ކޮންފަރެންސްގައި އެހީތެރިވާ ކުންފުނިތަކާއެކު އެމްއެމްޕީއާރްސީ އިން ސޮއިކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023′ އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ. އެގޮތުން ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ. އަދި ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގ...

މުޙައްމަދު އަފްރާޙް
ނަސްރުގެ 90 ވަނަ މެރަތަން އަށް ފުރަނީ، ޚާއްސަ ކުރަނީ ސެކްޝަންގެ ވެރިޔާއަށް!

ނަސްރުގެ 90 ވަނަ މެރަތަން އަށް ފުރަނީ، ޚާއްސަ ކުރަނީ ސެކްޝަންގެ ވެރިޔާއަށް!

ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ 90 ވަނަ މެރަތަން އަށް ފުރަން ތައްޔާރުވެއްޖެއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ ދުވުން ޚާއްސަކުރަނީ އެމްއެންޑީއެފްގައި އޭނާ ވަޒީފާ އަދާކުރާ ސެކްޝަންގެ ވެރިޔާއަށް ކަމަށެވެ. އަދި އޭނާއަށް މިހާ ހިސާބަށް މި އާދެވުނީ ސެކްޝަން ވެރިޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކީގައި ކަމަށެވެ. “އަސްލު މިހާ ހިސާބަށް އައި އިރު، 90 މެރަތަން އަށް އައި އިރު، […]

މުޙައްމަދު އަފްރާޙް
ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ”ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ […]

ޔުމްނާ ޢަލީ
ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]

މުޙައްމަދު އަފްރާޙް