ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެން ގެއްލޭނީ ވެރިކަން ކަމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ/އެމްޑީ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އެންޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އިސްބޭފުޅުން ތަކެއް މިއަދު ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހިމެނޭހެން ރައްޔިތުންގެ މަޖިލިސްގެ 12 މެންބަރަކު ވެސް ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައެވެ.

Ad
rt

މިކަން މިހެން ހިނގާފައި ވަނިކޮށް އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގރ ސުޕަ މެޖޯރިޓީ ގެއްލިއްޖެ ކަމަށެވެ. ދެން ގެއްލޭނީ މެޖޯރިޓީ ކަމަށާއި، އެއަށްފަހު ދެން ގެއްލޭނީ ވެރިކަން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމްޑީޕީން ވަކިވާން އެދުނު މެންބަރުންނާއެކު ޖުމްލަ 68 އެޕާޓީއަށް ނިސްބަތްވާ މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ރައީސް ނަޝީދު ހިމެނޭހެން އެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރުން އުނި ކުރި ނަމަވެސް ރައީސް ޞާލިޙާއެކު 55 މެންބަރުން އެބަތިއްބެވިއެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 3 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ.