މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 573 ވަނަ ޞަފްޙާ

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި

ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށް ދެ މެނޭޖަރުން ނެގުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާން ކުރީ މިދިޔަ ހަފްތާގައި ކަމ...

މުޙައްމަދު އަފްރާޙް
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ އުފެެއްދުމުގެ ހުއްދައަށް މިއަދު އެދިއްޖެ އެވެ. “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި މި ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިއަދު މެންދުރުފަހުއެވެ. ޕާޓީ ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅުއްވާދެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އެ ޕާޓީ […]

ޔުމްނާ ޢަލީ
ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާ...

މުޙައްމަދު އަފްރާޙް
ނަޝީދު މިއަދު ދިއްދޫއަށް

ނަޝީދު މިއަދު ދިއްދޫއަށް

ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަޝ...

މުޙައްމަދު އަފްރާޙް
ނަޝީދު އިސްވެ އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅަނީ

ނަޝީދު އިސްވެ އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވެ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ. ފިކުރެއްގެ ދިރުމުން ބުނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް، މިއަދު އީސީއަށް ހުށަހެޅުމަށްފަހު، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށް ކަމަށެވެ. އައު […]

މުޙައްމަދު އަފްރާޙް
ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން: ސަލީމް

ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން: ސަލީމް

ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ  ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމުން އެއަށް ރައްދުދެއްވައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ […]

މުޙައްމަދު އަފްރާޙް
ރައީސްގެ އިތުބާރުގެ މައްސަލާގައި ނާޒިމް ސޮއިކޮށްފި

ރައީސްގެ އިތުބާރުގެ މައްސަލާގައި ނާޒިމް ސޮއިކޮށްފި

ޗާގޯސް މައްސަލާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވައްދަން ތާއީދުކޮށް، އެ މައްސަލަ ހުށަހެޅުމަށް ސޮއި ދެއްވާފައިވާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސް...

ޔުމްނާ ޢަލީ
ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ނާޒިމް ތާއީދު

ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ނާޒިމް ތާއީދު

ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ތާއީދު ކުރައްވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނާޒިމް ބުނަނީ ކީކޭ؟” ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން މިރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ކުރީގެ ތިން ޕްރޮގްރާމެކޭ އެއްފަދައިން އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލް ހުށަހަޅުއްވައި ދެއްވި...

ޔުމްނާ ޢަލީ
ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް: މައުރޫފް

ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް: މައުރޫފް

ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޚިޔާޅުތަފާތުވުން އުފެދި، ރައީސް ނަޝީދު އިސްވެހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތަށް އަލިއަޅުވައިލައްވައި، މައުރޫފް ވިދ...

މުޙައްމަދު އަފްރާޙް
''އެކަށޭނަ މިންވަރަށް ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުމަކީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ގޮންޖެހުމެއް''

''އެކަށޭނަ މިންވަރަށް ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުމަކީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ގޮންޖެހުމެއް''

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރު ސައިޚް އިިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 9 ވަނަ ބެޗް...

ޔުމްނާ ޢަލީ
ނަޝީދު އިސްވެ އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

ނަޝީދު އިސްވެ އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފި އެވެ. އަފްޝަން އެ މަގާމަށް ހަމަޖެއްސިކަން ހާމަކުރައްވާފައިވަނީ ނަޝީދުގެ ”ފިކުރެއްގެ ދިރުން” ޓީމުގެ އިސް މެންބަރެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައ...

ޔުމްނާ ޢަލީ
ށ. އަތޮޅުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް

ށ. އަތޮޅުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް

ށ. އަތޮޅުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް ބޭއްވުމަށް ނިންމައި، ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލު އިދާރާ އިން މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯހާއި ބެހޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމްއެވެ. އޭނާ ވިދާޅުވީ މިއީ 30 ގަޑިއިރަށް ހިންގާ ކޯހެއް ކަމަށާއި ކޯސް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖޫން މަހުގެ ފަހުހަފުތާގައި ކަމަށެވެ. މި ކޯހުގައި އަތޮޅު ކައުންސިލުގެ ފަރާތުން […]

މުޙައްމަދު އަފްރާޙް
އިސްލާމިކް މިނިސްޓަރު މޮރޮކޯއަށް

އިސްލާމިކް މިނިސްޓަރު މޮރޮކޯއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީި މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެމަނިކުފާނު މޮރޮކޯއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މިއީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު “އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން” ދެގަމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކ...

މުޙައްމަދު އަފްރާޙް
ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގައި، ހަރަކާތްތައް އިތުރު ގިޔަރަކަށް!

ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގައި، ހަރަކާތްތައް އިތުރު ގިޔަރަކަށް!

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބޮޑު ދިދަ، ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހައި ރަށެއްގައި ނަގައިފިއެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެއެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ ‘ރާއްޖެ ދަތުރު” ގައ...

މުޙައްމަދު އަފްރާޙް
އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި

އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި

އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ފ. ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ “ގުރުވަ” ދޯނިން އެންދަމަން ފޭބި މީހަކަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން، ކުޑަކަޅުވައިން ބައެއް ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަށް އެންމެފުރަތަމަ ފަރުވާދިނީ މ. މުލީ ހޮސްޕިޓަލުގ...

މުޙައްމަދު އަފްރާޙް