ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ އެ މައްސަލަ ނިމުނުގޮތާއިމެދު އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު ނިންމި ނިންމުން ހާމަކުރުމަށް ނެރުނު ބަޔާނުގައެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވަނީ މި ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިޤްތިޞާދީ އެތައް ފައިދާ ތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށާއި އެހެންކަމުން، މިއީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދު ވެސް ވޯޓު ދެމުން އައި ޤައުމެއްކަން ފާހަގަކޮށް އެމްއާރްއެމް އިން ބުނެފައިވަނީ ކުރީގެ ސަރުކާރުތަކުން ވެސް އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށާއި އެހެންނަމަވެސް މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ ކަމަށެވެ. އަދި ފޯޅަވަހި މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަޙައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށް އުނިކަން ލިބޭނެތީ ކަމަށެވެ.

"މިމައްސަލަ ނިމިގެން ދިޔަގޮތުން މިހާރު މިވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައިއޮތް މަސްވެރިކަމުގެ ސިނާއަތަށް ވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭގޮތަށެވެ. މިނިންމުމުގެ ސަބަބުން އުނިވެގެންދިޔައީ ދިވެހިމަސްވެރިން މަހަށް ނިކުމެ އުޅޭ ކަނޑުގެބައެއް ކަމަށް ވުމުން، މިއީ އިއާދަ ނުކުރެވޭވަރުގެ ދެރައެއްކަމުގައި މި ޕާޓީއިން ދެކެމެވެ." އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނު ސަރަޙައްދުން ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެން ދިއުމާއެކު، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ހީނަރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި މި މައްސަލަ ނިމިގެން ދިޔަ ގޮތުން ވާދަވެރި ހަރަކާތްތައް އިތުރުވެ، ސަރަޙައްދު ބެލެހެއްޓުމުގެ އަގު ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ސަރަޙައްދުގެ ކަނޑާއި ބިމުއަޑީ ތަހުލީލުތައް ކުރުމާއި ކަނޑުވެށި މޮނިޓަރުކުރުމުގެ ފުރުސަތު ގެއްލޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ހަމަމިއާއެކު އުނިވެގެން ދިޔަ ސަރަޙައްދުން މުސްތަޤްބަލުގައި ރާއްޖެއަށް ލިބޭނެ މަންފާތައް ގެއްލިގެން ދިޔަކަން ފާހަގަކޮށް، އެ ސަރަޙައްދުގެ ކަނޑުންނާއި ބިމުއަޑީން ލިބެން ހުރި ސީފުޑާއި ނާދިރު މަޢުދަނާއި، ބޭސްފަރުވާގެ އުންސުރުތައް ފަދަ މަޢުދަނީ މަންފާގެ ފުރުސަތު ގެއްލޭކަން ފާހަގަކޮށްފައި ވެއެވެ.

އެމްއާރްއެމް އިން ބުނީ އެ ސަރަޙައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ވެސް ގެއްލޭ ކަމަށާއި ދެޤައުމުގެ މަސްލަޙަތު ބެލެހެއްޓުމުގެ ޚާރިޖީ އަގު (މާއްދީ އަދި ސިޔާދަތީ އަގު) ވަޒަންނުކުރެވޭ މިންވަރަށް ބޮޑުވުމާއި، މައްސަލައިގެ ބާވަތުން ދާޚިލީ ހަމަނުޖެހުން އިތުރުވެ، އޭގެ ދިފާޢީ އަގު ބޮޑުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައާއިގުޅުވައިގެން ބައެއް ފަރާތްތަކުން ''ކަނޑުވިއްކާލުން'' ފަދަ ޝިއާރުތައް ބޭނުންކޮށްގެން ސިޔާސީ މަންފާއަށް މަސައްކަތް ކުރުމަކީ އެކަމަށް އެފަދަ މައްސަލަތަކަށް ރައްޔިތުންގެ އަހައްމިއްޔަތުކަން ކުޑަވާނެ ކަމަށް