އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން އައު ޕާޓީއެއް އުފައްދަން ނިންމާފަވާ ކަމަށެވެ.
‘’އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ’’ އީވާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!