މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 550 ވަނަ ޞަފްޙާ

ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ

ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ

ގައުމީ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑަށް އަނިޔާވެފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަންހާއިރު ކަމަށާއި އެއީ އެ މިއުޒިއަމްގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓި ޒަހަމް ވެފައިވާ ކަމަށެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ހާމައެއް […]

މުޙައްމަދު އަފްރާޙް
ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ ކަނޑުތައް މިއަދު ވެސް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާގެ މޫސުމީ ބުލެޓިން ގައި ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަޑުގައި 40 މޭލަށް ވައި ގަދަަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން، ހަތަރު ފޫޓާއި ހަތް […]

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ. އެ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ ކުރީގެމެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް އާއި އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފް އެވެ. އިލެކްޝަންސް ކޮމިޝަނުން މިއިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ 6000 ރުފިޔާ އިންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ މިދިޔަ […]

މުޙައްމަދު އަފްރާޙް
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދި މަޝްރޫޢުތަކަށް ސަމާލުކަން ދިނުމުން: އަސްލަމް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދި މަޝްރޫޢުތަކަށް ސަމާލުކަން ދިނުމުން: އަސްލަމް

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ހިއްކުމަށް ޖުލައި 2 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކ...

މުޙައްމަދު އަފްރާޙް
މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެއަަށް

މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެއަަށް

މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 6.9 އިންސައްތަ އެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައަށް އެ ގައުމު ވަނީ ޖެހިލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ޖުލައި 2 ގެ ނިޔަަލަށް ރާއްޖެއައިސްފައިވަނީ 934,317 ފަތުރުވެރިންނެވެ. […]

މުޙައްމަދު އަފްރާޙް
ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެމީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ. އެ އިދާރާ އިން އިތުރަށް ވިދާޅުވީ އެ ދެމީހުން އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. ފުލުހުން އާންމު ކުރައްވާފައިވާ ވީޑިއޯއިން ފެންނަގޮތުގައި ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރު ފެނެއެެވެ....

މުޙައްމަދު އަފްރާޙް
ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހު ބާއްވަނީ

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރަން އެމަނިކުފާނު ހުށަހެޅުއްވުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުމެއް ބުދަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އިސްތިއުނާފް ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހ...

ހުސައިން ހަބީބް
ހިދުމަތްތެރިޔާ ހަފީޒު ބޭރަށް ގެންދަން އެހީތެރިވުމުގެ ފުރުސަތު

ހިދުމަތްތެރިޔާ ހަފީޒު ބޭރަށް ގެންދަން އެހީތެރިވުމުގެ ފުރުސަތު

ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ޢާއިލާއިން ފަށައިފިއެވެ. ހަފީޒަކީ ޤައުމީ ޔުނިވާސިޓީގައި ގައުމު ބިނާ ކުރުމަށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި 18 އަހަރު ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި...

ޔުމްނާ ޢަލީ
ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ތުހުމަތު ކުރާތީ އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ތުހުމަތު ކުރާތީ އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން މި ފަހަކަށް އައިސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާތީ ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމު...

މުޙައްމަދު އަފްރާޙް
މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ހުދުމުޚްތާރުކޮށް: އަސްލަމް

މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ހުދުމުޚްތާރުކޮށް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ހުދުމުޚްތާރުކޮށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރުު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިއީ ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލުން ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތުމަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް އު...

މުޙައްމަދު އަފްރާޙް
ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މީހެއްގެ ގައިގާ ސައިކަލަކުންޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި އެކްސިޑެންޓްވެ ސީރިއަސް އަނިޔާވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އެއްގެ މަގާމުގައި ހުންނެވި އަލީ ހަފީޒަށެވެ. ޖޫން 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވާފައިވަނީ […]

ޔުމްނާ ޢަލީ
ދައުރުން ބޭރުން ބޭއްވި ޖަލްސާ ހިނދުކޮޅެއްގެ ތެރޭގައި ނިންމާލައިފި

ދައުރުން ބޭރުން ބޭއްވި ޖަލްސާ ހިނދުކޮޅެއްގެ ތެރޭގައި ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ މާގިނައިރުތަކެއް ނުވެ ނިންމާލައިފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 29 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހަޅައިގެން މިއަދު ބޭއްވި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް...

މުޙައްމަދު އަފްރާޙް
ސިޔާސީ މަސައްކަތުގައި ކުރި ނުހޯދި އާއިލާއަށް ހަމަލާ ދިނުމަކީ ފިނޑި ޢަމަލެއް: މޫކޭ

ސިޔާސީ މަސައްކަތުގައި ކުރި ނުހޯދި އާއިލާއަށް ހަމަލާ ދިނުމަކީ ފިނޑި ޢަމަލެއް: މޫކޭ

ސިޔާސީ މަސައްކަތުގައި ކުރި ނުހޯދި އާއިލާއަށް ހަމަލާ ދިނުމަކީ ފިނޑި ޢަމަލެއް ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ހުއްޓުވާނަމޭ ހިތާ، އާއިލާއަށް ހަމަލާ ދިނުމަށް ރާވާ، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ. އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ނުގޮވާކަ ވަކި އެއްޗެއް ނެތް ކަމަށާއި ނާޅުވާކަ ބަދުނާމެއް އިތުރަށް ނެތް ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
އަމާޒަކީ ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން

އަމާޒަކީ ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން

މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި “އުފާވެރި އަމާން ރާއްޖެ” ދިވެހިންނަށް ހޯދައިދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިތިބީ މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދޭން ކަމަށާއި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ އެމ...

މުޙައްމަދު އަފްރާޙް
ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިއެވެ. މިއަދު ހަވީރު ގުޅިފަޅުގައި މިކަމަށް އޮތް ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހެވެ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ، ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާ ހަވާލުކުރައްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ...

ޔުމްނާ ޢަލީ