ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ މާގިނައިރުތަކެއް ނުވެ ނިންމާލައިފިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 29 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހަޅައިގެން މިއަދު ބޭއްވި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި އޭނާ ވިދާޅުވީ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބަދަލުތަކެއް އަންނާނެތީވެ، ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެވޭނީ އެ ރިޕޯޓް އަލުން މެންބަރުންނަށް ފޮނުވައި، އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.
މަޖިލީހުގައި މެންބަރުން ތަމްސީލް ކުރާ ގޮތަށް އައި ބަދަލުތައް އިއުލާންކުރައްވަމުން އަފީފު ވިދާޅުވީ އެމްޑީޕީގެ 54 މެންބަރުން، އަމިއްލަގޮތުން 18 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން އެބަތިއްބެވި ކަމަށެވެ. އަދި ޕީއެންސީގެ 3 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުން އެބަތިއްބެވި ކަމަށެވެ.
މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއްކަން ޔަގީން، މަޖިލިސް އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ އަޑު އިއްވުން ވަނީ މަޖިލީސް ރިޔާސަތުން ހުއްޓުވާފައި، @narendramodi @rashtrapatibhvn @JoeBiden @BillClinton @cnni @BBCWorld@UNGeneva @mvpeoplesmajlis pic.twitter.com/RFj6VEd1Qw
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) July 3, 2023
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވިނަމަވެސް ރިޔާސަތުގައި އިންނެވި އަފީފު ވަނީ އެ ފުރުސަތު ނުދެއްވާ ޖަލްސާ ނިންމާލައްވާފައެވެ. އަދި އިތުރު ޖަލްސާއެއް އޮންނާނެ ދުވަހެއް ވެސް އިއުލާން ކުރައްވާފައެއް ނުވެއެވެ.
ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެމްޑީޕީ އިން ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު، މަޖިލިސް އެދުވަހު ޗުއްޓީއަށް ގޮސްފައިވާއިރު، ނުނިމި މައްސަލަތަކެއް ހުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!