އެމްއޭސީއެލް އިން ކެއާ ސޮސައިޓީއަށް އެއް ލައްކަ ރުފިޔާގެ އެހީއެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ. މިއީ ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ. އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިން އެހީ އާއި ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ މި ހަދިޔާއަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހ...