ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހަދިޔާކޮށްފިއެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހާލގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ބްލައިންޑް އެސޯސިއޭޝަނުން ހަދިޔާކޮަށްފައިވަނީ 31،000 ރުފިޔާއެވެ.
އެ އެސޯސިއޭޝަނުން ބުނީ މިއީ އެ ޖަމިއްޔާގެ މާލިއްޔަތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ވަކިވަކި ފަރުދުންގެ ބައިވެރިވުމާ އެކު ފަަލަސްތީނުގެ ރައްޔިތުންނަށް ވެދިން އެހީއެއް ކަމަށެވެ. އަދި މި ފައިސާ މިހާރުވަނީ ހިދުމަތް ޖަމިއްޔާއާ ހަވާލުކޮށްފައި ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އާއިލާތަކަަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހައިތަނަށް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!