ބިދޭސީއަކަށް ނެގޭނީ އެއް ސިމް، ޖަލުތަކަށް ވައްދާ ސިމްތަކުގެ ވެރިންނަށް ފިޔަވަޅު
ޖަލުތަކަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ރޭ ހާމަކޮށްފައިވާއިރު، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖ...