ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 15 އޮގަސްޓް 2026 ވަނަ ދުވަހުއެވެ.
އެގޮތުން ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަތުލައިގަނެވުނު ތަކެތި ޓެސްޓްކުރިއިރު، އެ ތަކެތި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3207 ގްރާމް (3.2 ކިލޯ) ހުރި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން އަންނަނީ މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!