ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެން ބޭރުގެ ޖަމާއަތެއްގެ ވަޒީފާއަކަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން މިރޭ ހާމަކުރައްވައިފިއެވެ.
ސިޔާސީ މަސައްކަތްޕުޅާއި ދުރައްޖެހިވަޑައިގެން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ މިރޭ އާންމު ކުރެއްވި ބަޔާނެއްގައެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތާއި ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ނުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ބަޔާނުގައިވާގޮތުން ނަޝީދު ވަޑައިގަންނަވަން ނިންމަވާފައި ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށެވެ. މި ޖަމާއަތަކީ ރާއްޖޭގެ ވެސް ބައިވެރިވުމާއެެކު 2009 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތް އުފެއްދި އިރު މެންބަރު ގައުމުތަކުގެ އަދަދު 11 އޮތް ނަމަވެސް މިހާރު އެ ޖަމާއަތުގެ މެންބަރުންގެ އަދަދު ވަނީ 68 އަށް އަރާފައެވެ.
Siyaasee kankamaai mivaguthu dhurahjehun pic.twitter.com/93tQn9gyFh
— Mohamed Nasheed (@MohamedNasheed) December 12, 2023
ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމު ކުރެއްވުމުގެ މަސައްކަތް ކަަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލްތަކާއި، އިންސާނީ ހައްގުތައް އަދި އިންސާނިއްޔަތަށް އިހްތިރާމް ކުރާ ތަނަކަށް ހެދުމާއި، ދުލާ ގަލަމުގެ މިނިވަންކަން ލިބިފައިވާ ތަނަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. އެކަން ކުރިއަށްވުރެ ބޮޑުތަނުން ރަނގަޅުކުރެވިފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ބަޔާނުގައި ވަނީ ސިޔާސީ މަސައްކަތާއެކު ލިބުނު ހިތްދަތިކަމާއި، ބިރުވެރިކަމުގެ ވާހަކަ ވެސް ގެންނަވާފައެވެ. އަދި އެއީ ޒާތީ ހަޔާތް ބަރުބާދުވި ކަމެއް ކަމަށާއި، އެހެނަސް ހާމެ އުފާވެރިކަން ވެސް ލިބުނު ކަމެއްކަމަށް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!